
ފުޓުބޯޅައިގެ ތެރެއިން، ރިވެތި އަޚުލާގާއި، ޓީމްވޯކާއި، ގަވާއިދާއި އުސޫލުތަކުގެ މުހިއްމުކަން ދަސްކޮށްދޭ: ސާޖިދާ

މުޙައްމަދު ފަޟްލޫން - 25 މޭ 2026 - 10:04
ފުޓުބޯޅައިގެ ތެރެއިން، ރިވެތި އަހުލާގާއި، ޓީމްވޯކާއި، ޤަވާއިދާއި އުސޫލުތަކުގެ މުހިންމުކަން ދަސްކޮށްދޭ ކަމަށް ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ފުޓްބޯޅަ ދުަވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސާޖިދާ ވިދާޅުވީ ފުޓްބޯޅަ އިން ބިނާކުރަނީ ހަމައެކަނި އެތުލީޓުން ނޫން ކަމާއި، މިއީ ޒިންމާދާރު ރައްޔިތުންތަކެއް ބިނާކޮށްދޭ ހަރަކާތެއްކަމަށެވެ.
ފުޓުބޯޅަ ދުވަހުގައި ކުރެވޭ އެންމެ ބޮޑު އުއްމީދަކީ، ކުޅިވަރުގެ ތެރެއިން، ހާއްސަ ގޮތެއްގައި ފުޓުބޯޅައިގެ ތެރެއިން އަމާން، ބަދަހި މުޖުތަމައުއެއް ބިނާކުރެވި، މިއީ ޒުވާނުންނަށް ހިތްވަރުދޭ، ފާގަތި މުސްތަގްބަލެއް ބިނާކުރުމަށް ބާރު ލިއްބައިދޭ ހަރަކާތަކަށްވުން ކަމަށް ސާޖިދާ ވިދާޅުވިއެވެ.
މިކުޑަކުޑަ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ފުޓުބޯޅައަށް ޙާއްސަ މަގާމެއް ދެވިފައިވާކަމަށް ސާޖިދާ ވިދާޅުވިއެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ ދުވަސް ފާހަގަކުރަމުން ދަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 25 ވަނަ ދުވަހުއެވެ.
މި ދުވަސް އެންމެފުރަތަމަ ފާޙަގަކުރަން ފެށީ 2024 ވަނަ އަހަރުއެވެ. އެއީ ތާރީޚުގައި ވެސް ބޭއްވި ފުރަތަމަ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތް ބޭއްވިތާ 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އީދު ބަންދުގައި މަސް ނުގަންނާނެ: މިފްކޯ
16 މިނިޓު ކުރިން

މިއަހަރުގެ އަޟްހާ އީދުގައި އެމްއޭސީއެލް އިން ކުލަގަދަ ހަރަކާތްތަކެއް ހުށަހަޅައިދެނީ
27 މިނިޓު ކުރިން

ދަރަވަންދޫ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ
27 މިނިޓު ކުރިން

މީރާ އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 543 މިލިއަން ރުފިޔާ ހޯދައިފި
28 މިނިޓު ކުރިން


.gif&w=3840&q=75)