logo

ދަރަވަންދޫ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ

profile

އާމިނަތު ޝަޒްލާ - 25 މޭ 2026 - 11:04

ބ. ދަރަވަންދޫ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރާނެ ބަޔަކު ހޯދުމަށް އައިލެންޑް އޭވިއޭޝަނުން ހުޅުވާލައިފިއެވެ. އައިލެންޑް އޭވިއޭޝަނުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މި ޕްރޮޖެކްޓް ކުރިއަށް ގެންދަން ޖެހެނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ.

https://wamco.com.mv/

އެ މަސައްކަތް ކުރުމަށް ދިވެހި އަދި ބޭރު ކޮންޓްރެކްޓަރުން ވެސް ކުރިމަތިލެވެއެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް އަންނަ މަހުގެ 4 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވޭއިރު، އިންޓަނޭޝަނަލް ކޮންޓްރެކްޓަރެއް ނަމަ ޓެކްސް ކްލިއަރެންސް ސެޓްފިކެޓް ހުށަހަޅަން ޖެހެއެވެ.

އަދި އެ ޕްރޮޖެކްޓް ފަށާ ދުވަހުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ. އަދި ކޮންޓްރެކްޓަރު ހޮވުމުގައި ކުރިން އެފަދަ ޕްރޮޖެކްޓެއް ހިންގާފައިވާ ނުވަތަ 50 މިލިއަން ރުފިޔާއަށް ވުރެ މަތީ ޕްރޮޖެކްޓްތައް ހިންގާފައިވާ ޕާޓީތަކަށް އިސްކަން ދޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

އެ ޓާމިނަލް ބޮޑުކުރަން ނިންމީ، އެ އެއާޕޯޓު މެދުވެރިކޮށް އަންނަ ޓޫރިސްޓުން އިތުރުވެ، މިހާރުގެ ޓާމިނަލަށް ބާރު ބޮޑުވުމުގެ ސަބަބުން ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ. މީގެ 14 އަހަރު ކުރިން 2012 ވަނަ އަހަރު އޮކްޓޯބަރު 17، ގައި ހުޅުވި ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަކީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ހެދި ތަނެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk