logo

އެފްއެސްއެމްގެ ބާޖުތަކުގައި ތެލުގެ މިންވަރު ބަލާ ސިސްޓަމް ހަރުކުރަން ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 13 ޖުލައި 2026 - 11:00

ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ ބާޖުތަކުގައި ތެލުގެ މިންވަރު ބަލާ ސިސްޓަމް ހަރުކުރަން ފަށައިފިއެވެ.

https://wamco.com.mv/

އެފްއެސްއެމްގެ ބާޖުތަކުގައި ތެލުގެ މިންވަރު ބަލާ ސިސްޓަމް، އޮޓޮމެޓިކް ޓޭންކް ގޭޖިންގ (އޭޓީޖީ) ހަރުކުރަނީ އެކުންފުނިން އިން ދެމުންގެންދާ ކަނޑުމަތީގެ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް ހަރުދަނާކުރުމުގެ ގޮތުން، ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މިއީ އެ ކުންފުނީގެ ތެޔޮ އުފުލާ އުޅަނދުފަހަރުގައި މިފަދަ ޒަމާނީ ނިޒާމެއް ގާއިމުކުރާ ފުރަތަމަ ފަހަރުކަން އެފްއެސްއެމް އިން ފާހަގަކުރެއެވެ.

މި މަޝްރޫޢުގެ ދަށުން ފުރަތަމަ ފިޔަވަހީގައި މި ސިސްޓަމް ހަރުކުރަމުންދަނީ އެ ކުންފުނީގެ ފްލީޓުގައި ހިމެނޭ ހުނިކެ ބާޖުގައެވެ.

މި ނިޒާމުގެ މައިގަނޑު މަގްސަދަކީ ޓޭންކުތަކުގައި ހުންނަ ތެލުގެ މިންވަރު މެދުކެނޑުމެއްނެތި، އިތުބާރު ހުރި ގޮތެއްގައި ސައްހަކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

މީގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަންތަކުގެ ރައްކާތެރިކަން އިތުރުވެ، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިތުބާރު ބޮޑުވެގެންދާނެއެވެ.

އެފްއެސްއެމް އިން ހާމަކުރި ގޮތުގައި، މިއީ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ޓެކްނޮލޮޖީގެ އެހީގައި މަސައްކަތްތައް އަވަސް އަދި ފަސޭހަކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި ސިސްޓަމް ބޭނުންކުރަން ފެށުމުން، ތެޔޮ ދޫކުރުމާއި ސްޓޮކް ބެލެހެއްޓުމުގައި މިހާރު ކުރިމަތިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk