
މިސްކިތަށް ގެއްލުން ދިން މީހާ ހައްޔަރު ނުކުރުމުގެ ސަބަބުން އަނެއްކާވެސް މިސްކިތަށް ގެއްލުންދީފި

މުޙައްމަދު ފަޟްލޫން - 22 ޖުލައި 2026 - 18:07
ހުޅުމާލޭގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި، އެ މިސްކިތަށް ގެއްލުންދިން މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން، ތަކުރާރުކޮށް އެ މިސްކިތަށް ގެއްލުންދީފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 3:47 ހާއިރު މިސްކިތަށް ގެއްލުންދިން މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން، މިރޭވެސް ވަނީ އެ މިސްކިތަށް ގެއްލުން ދީފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާއިރު، ތުހުމަތުކުރެވޭ މީހާގެ ނަފްސާނީ ނުވަތަ ސިއްހީ ހާލަތަށް ރިއާޔަތްކޮށް، މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފުލުހުން މިރޭ ބުނި ގޮތުގައި، ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން، އެ މީހާ މިހާރު ވަނީ މުޖުތަމައުން އެކަހެރިކުރެވިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ މިސްރާބު: ގޮންޖެހުންތަކާއި އިސްލާހީ ފިޔަވަޅުތައް!
16 މިނިޓު ކުރިން

ރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާ ފްރީ އެއްބަސްވުމަކަށް ރުހުން ދީފި
20 މިނިޓު ކުރިން

ޑްރަގް ޓްރެފިކް ކުރުން: 2 ދިވެއްސަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި
23 މިނިޓު ކުރިން

ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގެއްލުންތަކެއް: ހާލަތު މޮނީޓަރުކުރަނީ
26 މިނިޓު ކުރިން


