
ބޯހިޔާވަހިކަމުގެ ޕޯޓަލް ޑައުންވެއްޖެ

މުޙައްމަދު ފަޟްލޫން - 15 ޖޫން 2026 - 17:26
ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ސަރުކާރުން ކުރިއަށް ގެންދާ ހައުސިން މަޝްރޫއަށް އެދި ހުށަހެޅުމަށް ބޭނުންކުރާ ޕޯޓަލް ޑައުންވެއްޖެއެވެ.
ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ސަރުކާރުން ކުރިއަށްގެންދާ ހައުސިންގ މަޝްރޫއަށް އެދި ހުށަހެޅުމުގެ މުއްދަތު މިރޭ ދަންވަރު 12 ޖަހާއިރު ހަމަވާނެއެވެ.
މިރޭ 10 ޖެހިއިރުން ފެށިގެން ބޯހިޔާވަހިކަމަށް އެދި ފޯމް ހުށަހަޅާ ޕޯޓަލް ޑައުންވެފައިވާ ކަމަށް އާއްމު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ބޯހިޔާވަހިކަން ޕޯޓަލް އަށް ވަނުމަށް މަސައްކަތް ކުރާއިރު ސާރވަރ އެރޯ އެއް ކުރިމަތިވާ ކަމަށް އެ ޕޯޓަލް ބޭނުންކުރަން މަސައްކަތްކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
މީސް މީޑިއާގައި ގިނަ ބަޔަކު ބޯހިޔާވަހިކަން ޕޯޓަލް އަށް ނުވަދެވޭ ކަމުގެ ޝަކުވާވެސް ދަނީ ކުރަމުންނެވެ.
"ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ދޫކުރުމަށްހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ 15,000 (ފަނަރަ ހާސް) ގޯއްޗާއި 7900 (ހަތް ހާސް ނުވަ ސަތޭކަ) ފުލެޓެވެ. ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ.
އާއިލީ ބޯހިޔާވެހިކަމުގެ ދަށުން ގޯތި ދޫކުރަނީ މާލޭ ރަށްވެހިންގެ ކެޓެގަރީއަށާއި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށެވެ. އެއީ 1،250 އަކަފޫޓުގެ ބިމެވެ.
މި ސްކީމްގެ ދަށުން މާލޭގެ ރަށްވެހިންނަށް 10،000 ބިން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ބިން، މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ބިން އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުންނާއި އަދި އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާއި ލާޖައްސައިގެން ބައްދަލުކުރާ ފަރާތްތަކަށް 1،500 ބިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓް އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ޖުމްލަ 2،400 ފްލެޓް އާއިލީ ބޯހިޔާވެހިކަމުގެ ދަށުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގައުމީ މަސްލަހަތު އިސްކުރުމަކީ ހިޖުރީ އައު އަހަރުން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު: ރައީސް
4 ގަޑިއިރު ކުރިން

ކޯޓް އަމުރުގެ ދަށުން އައްޑޫގައި ބަންދުކުރި ގެއަށް ވަތް މީހަކު ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން

އީސީގެ މެމްބަރަކަށް ހައްޖުގެ ކޯޕަރޭޝަންގެ އެމްޑީ ޝަކީލް އައްޔަންކުރަނީ
5 ގަޑިއިރު ކުރިން

މާފުށީ ޖަލުގައި ބެގޭޖް ސްކޭނަރ މެޝިން ބޭނުންކުރަން ފަށައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)