logo

މާފުށީ ޖަލުގައި ބެގޭޖް ސްކޭނަރ މެޝިން ބޭނުންކުރަން ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 15 ޖޫން 2026 - 14:12

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) އިން މާފުށީ ޖަލުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން އަލަށް ބެހެއްޓި ބެގެޖް ސްކްރީނިންގ މެޝިން ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

https://wamco.com.mv/

މާފުށީ ޖަލުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މެޝިން އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާނެވެ.

އެމް.ސީ.އެސް އިން މަޢުލޫމާތު ދެއްވި ގޮތުގައި، މިއީ މާފުށީ ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިނެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން ހަދިޔާކުރި މި މެޝިނުގެ ސަބަބުން ޖަލަށް ވަންނަ ތަކެތި ބަލައި ފާސްކުރުމުގެ ނިޒާމު އިތުރަށް ފުރިހަމަވެގެންދާނެއެވެ.

މި މެޝިން ބޭނުންކުރުމާ ގުޅޭ ފަންނީ ތަމްރީނުތައް އެމްއޭސީއެލް އިން ފޯރުކޮށްދީފައިވާއިރު، ބެގެޖް ސްކްރީންކުރުމުގެ ހާއްސަ ތަމްރީނުތައް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ ފޯރުކޮށްދީފައެވެ.

މި މެޝިން ބޭނުންކުރަން ފެށުމާއެކު، ޖަލަށް އަލަށް ގެނެވޭ ޤައިދީންނާއި ބަންދުމީހުންގެ ތަކެތީގެ އިތުރުން، ޢާއިލާތަކުން ފޮނުވާ ތަކެއްޗާއި، ޢާއިލީ ބައްދަލުވުންތަކަށް ޒިޔާރަތްކުރާ ފަރާތްތަކުން ގެންނަ ތަކެތި މިހާރަށްވުރެ ހަރުދަނާކޮށް ސްކްރީން ކުރެވިގެންދާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk