logo

ކޯޓް އަމުރުގެ ދަށުން އައްޑޫގައި ބަންދުކުރި ގެއަށް ވަތް މީހަކު ހައްޔަރުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 15 ޖޫން 2026 - 14:32

އްޑޫ ސިޓީގައި ކުށްކުރުމަށް ބޭނުންކުރަމުންދިޔަ ގެއެއް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަންދުކޮށްފައި ވަނިކޮށް، އެ ތަނަށް ވަން މީހަކު ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

ވައްކަމާއި، ފޭރުމާއި، މަސްތުވާތަކެތީގެ މުއާމަލާތްތައް ހިންގުމަށް ބޭނުންކުރަމުންދިޔަ ސ. ހިތަދޫ، ލާމިޔާގެ، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައިވަނީ މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ.

ފުލުހުން ބުނީ، އެ ގެ ބަންދުކޮށް ބޭރުގައި ނޯޓިސް ހަރުކޮށްފައި ވަނިކޮށް، ކޯޓު އަމުރާ ހިލާފަށް އެ ގެއަށް ވަން މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަތް ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ނަމަވެސް، ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ތަންތަނަށް ހުއްދަނެތި ވަދެނިކުމެ ހެދުމަކީ ކުށެއްކަން ފާހަގަކޮށް ފުލުހުން ބުނީ، އެފަދަ ތަންތަނަށް ވަންނަ މީހުންނާއި ތަނަށް ގެއްލުންދޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ދަށުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެފަދަ ހިދުމަތްތައް ދޭ ތަންތަން ދެނެގަނެ، އެ ތަންތަން ބަންދުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk