logo

އެއަރޕޯޓުގެ މައި މަގެއް ބަންދުކުރުމާ ގުޅިގެން، ބަހުގެ ރޫޓުތަކަށް ބަދަލުތަކެއް!

profile

އާމިނަތު ޝަޒްލާ - 15 ޖޫން 2026 - 13:42

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލް 2 އާ ދިމާލަށް އޮންނަ މަގު މަރާމާތުކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާތީ، އެ ސަރަހައްދުން ދަތުރުކުރާ އާރްޓީއެލް އެއަރޕޯޓް ބަސް ރޫޓަށް ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

https://wamco.com.mv/

މި މަސައްކަތާ ގުޅޭގޮތުން އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ޖޫން މަހުގެ 16 އިން 25 ގެ ނިޔަލަށް ކޮންމެ ރެއަކު ދަންވަރު 00:00 އިން ފަތިހު 05:00 އަށް މަގުގެ މަރާމާތުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި އެއަރޕޯޓް ބަސް ރޫޓަށް ގެނެވޭ ބަދަލާ އެކު، ފަސިންޖަރުން އަރުވައި ބޭލުމުގެ ކަންކަން ކުރިއަށްދާނީ ސައިކަލް ޕާކިން ސަރަހައްދުގައެވެ.

މި ބަދަލާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk