
ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބު ޖުލައި މަހު!

އާމިނަތު ޝަޒްލާ - 15 ޖޫން 2026 - 13:18
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބު އަންނަ ޖުލައި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
މިކަން އިޢުލާނު ކުރެއްވީ ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އެވެ.
މި އިންތިޚާބުގައި ދާއިރާތަކަށް ހޮވުމަށް ހަމަޖެހިފައިވާ މުހިންމު މަޤާމުތަކުގެ ތެރޭގައި ދާއިރާގެ ރައީސް، ނައިބު ރައީސް، އަންހެނުންގެ ހަރަކާތުގެ ރައީސާ، ޒުވާނުންގެ ހަރަކާތުގެ ރައީސް އަދި ސްޓިއަރިންގ ކޮމިޓީގެ މެންބަރުން ހިމެނެއެވެ. އިންތިޚާބުގައި ވާދަކުރަން އެދޭ ފަރާތްތަކަށް ޚާއްޞަ ޕޯޓަލް މެދުވެރިކޮށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ޢަބްދުއްރަހީމް ޢަބްދުﷲ ފާހަގަކުރެއްވި ގޮތުގައި، އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ޕީއެންސީގެ ކޮންގްރެސް ބޭއްވުމަށް ތައްޔާރުވަމުންދާތީ، އޭގެ ކުރިން ދާއިރާތަކުގެ އިންތިޚާބު ނިންމުމަކީ ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް ނުހަނު ބޭނުންތެރި ކަމެކެވެ. މި އިންތިޚާބުގައި ވާދަކުރުމާއި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ މި ޖޫން މަހުގެ 15 ވަނަ ދުވަހުގެ ކުރިން ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށެވެ.
ޕާޓީގެ ހިންގާ ގަވާއިދުގައިވާ ގޮތުން، ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރުންނަކީ އެ ދާއިރާތަކުގެ ރައީސުންނެވެ. އެހެންކަމުން، ދާއިރާގެ ރައީސުން ހޮވުމަށް އިންތިޚާބު ބާއްވާނީ މަޖިލީހުގައި އެ ޕާޓީގެ މެންބަރަކު ތަމްސީލުނުކުރާ ދާއިރާތަކުގައެވެ.
އެހެންނަމަވެސް، މަޖިލިސް މެންބަރަކު ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ނުވަތަ ޕާޓީގެ މަޞްލަޙަތަށް ގެއްލުންވާ ފަދަ އަމަލެއް ހިންގައިގެން މަޤާމުން ވަކިކޮށްފައިވާ ދާއިރާތަކުގައިވެސް، ޖުލައި 11 ގައި އިންތިޚާބު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގައުމީ މަސްލަހަތު އިސްކުރުމަކީ ހިޖުރީ އައު އަހަރުން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު: ރައީސް
28 މިނިޓު ކުރިން

ކޯޓް އަމުރުގެ ދަށުން އައްޑޫގައި ބަންދުކުރި ގެއަށް ވަތް މީހަކު ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

އީސީގެ މެމްބަރަކަށް ހައްޖުގެ ކޯޕަރޭޝަންގެ އެމްޑީ ޝަކީލް އައްޔަންކުރަނީ
ގަޑިއިރެއް ކުރިން

އެއަރޕޯޓުގެ މައި މަގެއް ބަންދުކުރުމާ ގުޅިގެން، ބަހުގެ ރޫޓުތަކަށް ބަދަލުތަކެއް!
2 ގަޑިއިރު ކުރިން


.gif&w=3840&q=75)