
2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މާލޭގެ ވިޔަފާރިބަނދަރު ތިލަފުއްޓަށް ބަދަލުކުރެވޭނެ: ވަޒީރު ސައީދު

މުޙައްމަދު ފަޟްލޫން - 20 އޭޕްރީލު 2026 - 05:00
2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މާލޭގެ ވިޔަފާރިބަނދަރު ތިލަފުއްޓަށް ބަދަލުކުރަން ރައީސް ނިންމާފައިވާ ކަމަށް އިގްތިސާދީ ތަރައްގީ އާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރައްވަން ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވައި އެ ތާރީހް ކަނޑައަޅުއްވާފައިވާ ކަަމަށެވެ.
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެފަދަ މަސައްކަތަކީ މީގެ ކުރިން ދުވަހަކުވެސް ވެރިއަކު ކުރެއްވި ކަމެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ ކުރިން ވެރިކަން ކުރި ހުރިހާ ވެރިންވެސް މާލޭގެ ވިޔަފާރި ބަނދަރުގެ ބާރު ބޮޑު ވާހަކަ އާއި ޕޯޓް ކުޑަ ވާހަކަ ދައްކަމުންދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މި ވެރިކަމުގައި އަދުގެ ރައީސް ޑރ މުއިއްޒު މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ތިލަފުއްޓަށް ޕޯޓް ބަދަލުވުމާއެކު ދިވެހިރާއްޖެއަށް އިމްޕޯޓް ކުރެވޭ މުދަލާއި އެކު އެއަރޕޯޓް ތަރައްގީވެގެންދިޔަ ނަމަވެސް ސީ ޕޯޓް އޮތީ ތަރައްގީ ނުވެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އެ މަސައްކަތް މިސަަރުކާރުން ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އޭއައި ރެގިއުލޭޓްކުރާ ބިލެއް މަޖިލިހަށް ހުށަހަޅުއްވާނެ ކަަމަށް ރައީސް ވިދާޅުވެއްޖެ
26 މިނިޓު ކުރިން

އަދަދު ނޫހުން ފެތުރީ ދޮގު ހަބަރެއް، ބޭންކުން ދެމުންދިޔަ ޑޮލަރު ސަޕޯޓް ހުއްޓައެއް ނުލަން: ބީއެމްއެލް
26 މިނިޓު ކުރިން

ގާނޫނު އަސާސީއަށް ބަދަލުތައް ގެނައުމަކީ ރައްޔިތުން އެހާ ބޮޑަށް އެދޭކަމެއް ނޫން: ރައީސް
27 މިނިޓު ކުރިން

ޑީޖޭއޭ ބަދަލުވެގެންދާނީ ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީ ވާ ތަނަކަށް: ރައީސް
27 މިނިޓު ކުރިން


.gif&w=3840&q=75)