
ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގެ ފެން ޓެސްޓުކުރަނީ: ސިޓީ ކައުންސިލް

ރިޟްވާން މޫސާ - 26 ޖޫން 2026 - 11:15
މާލޭ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ ފެން ނަޖިސްވެފައި ވޭތޯ ބެލުމަށް ފެން ޓެސްޓުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ މޫދުގެ ލޮނނުގަނޑު ތަގައްޔަރުވެފައިވާ ކަމަސާއި، އެސަރަހައްދުގައި ނަޖިސް ފެން ހުންނަ ކަމަށް ބުނެ ވަރަށް ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ދާދި ފަހަކުން ވަނީ ރަސްފަންނުގެ މަރާމާތުގެ މަސައްކަތްތަކަށް މުޅި އެ ސަރަހައްދު އެއްކޮށް ބަންދުކޮށްފަ އެވެ. ބަންދުކުރުމަށް ފަހު އަލުން ހުޅުވި އިތުރު ފެން ދައުރު ކުރުމަށް ކުރިން ހުރި ތަންތަނުގެ އިތުރުން ބޭރު ތޮށިން ވަނީ ވަރަށް ގިނަ ތަންތަން ފެން ދައުރު ކުރުމަށް ކަނޑާފަ އެވެ.
ރަސްފަންުގައި މޫދަށް އެރޭސަރަހައްދު
ރަސްފަންނު ބީޗުގެ ފެން ތަކުރާރުކޮށް ނަޖިސްވާ ކަމަށް 2024ގެ ދިރާސާއަކުން ދައްކާފައި ވާއިރު ވެސް އެ ސަރަހައްދަށް މީހުން މޫދަށް އެރޭތީ ބައެއް ސިއްހީ މާހިރުން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރަސްފަންނުގެ ފެން ތަގައްޔަރުވެފައިވާ ކަމަށް ބުނެ މީސް މީޑިޔާ ގައި އެކިއެކި ބޭފުޅުން ވާހަކަތައް ދައްކަވަމުން އަންނަ އިރު މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެ ސަރަހައްދުގެ ފެން ޓެސްޓު ކުރަން ނިންމާފައިވާ ކަމަށާއި، ފެން ޓެސްޓު ކުރެވުމުން ނޫނީ ވަކި އެއްޗެއް މި ކަމުގައި ބުނަން ބޭނުން ނުވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ކޮންސްޓްރަކްޝަން މިނިސްޓްރީއިން އެންމެ ފަހުން ރަސްފަންނު ތަރައްގީކޮށް ހަވާލުކުރިއިރު އެކަން ކޮށްފައި ވަނީ ވަރަށް ފަރުވާކުޑަކޮށް ކަމަށެވެ. މިނިސްޓްރީއިން ރަސްފަންނު ތަރައްގީކޮށްފައި ވަނީ ކަމަކަށް ކަމެއްކުރާ އުސޫލުންކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
ގައުމީ ޔުނިވަސިޓީން މީގެ 2 އަހަރު ކުރިން ހަދާފައިވާ ދިރާސާއަކުންވެސް ދައްކާގޮތުގައި، އޮއިވަރު ހުންނަ ގޮތުން ފެން ދައުރުވުން ކުޑަވުމާއި ނަރުދަމާ ހޮޅިތައް ކައިރީގައި ހުރުމުގެ ސަބަބުން ރަސްފަންނުގެ ފެނުގެ ފެންވަރު އަންނަނީ ދަށްވަމުންނެވެ. މި ސަބަބުތަކަށްޓަކައި، ފެން ތަގައްޔަރުވެފައިވާ އެ ސަރަހައްދަށް މީހުން މޫދަށް އެރޭތީ ސިއްހީ މާހިރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

"ވެނެޒުއެލާ ބިންހެލުން" ގެއްލިފައިވާ އެތައް ހާސް ބަޔަކު ހޯދަނީ
4 ގަޑިއިރު ކުރިން

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކޮށް އަވަސްކުރުމަށްޓަކައި ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި
5 ގަޑިއިރު ކުރިން

ދެ މަސް ބޯޓުން ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އެއްޗެއް ފެނިފައިނުވޭ: އެމްއެންޑީއެފް
7 ގަޑިއިރު ކުރިން

ލޯކަލް މާރުކޭޓު ތަކުގައި ބިދޭސީންނަށް ވިޔަފާރި ހުއްދަ ދީފައެއް ނުވާނެ: އާޒިމް
7 ގަޑިއިރު ކުރިން


.gif&w=3840&q=75)