logo

ޖޫން މަހުގެ ރަސްމީ ރިޒާވް 686 މިލިޔަން ޑޮލަރަށް އަރައިފި

profile

މުޙައްމަދު ފަޟްލޫން - 16 ޖުލައި 2026 - 05:55

ނިމިދިޔަ ޖޫން މަސް ނިމުނުއިރު، ރާއްޖޭގެ ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް އަރާފައިވާކަމަށް އެމްއެމްއޭ ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

އެމްއެމްއޭއިން ހާމަކޮށްފައިވާ ރަސްމީ ހިސާބުތަކަށް ބަލާއިރު، ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 686.8 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ މޭ މަހާ އަޅާބަލާއިރު 18.0 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއީ 145.6 މިލިއަން ޑޮލަރު ނުވަތަ 17.5 އިންސައްތައިގެ ދަށްވުމެކެވެ.

ރިޒާވްގެ ޖުމްލަ އަދަދު ދަށްވި ނަމަވެސް، ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވް (ޔޫސަބަލް ރިޒާވް) ހުރީ 248.9 މިލިއަން ޑޮލަރުގައެވެ.

މިއީ މެއި މަހާ އަޅާބަލާއިރު 11.9 މިލިއަން ޑޮލަރުގެ ދަށްވުމެއް ނަމަވެސް، މިދިޔަ އަހަރުގެ ޖޫން މަހު ހުރި 203 މިލިއަން ޑޮލަރާ އަޅާބަލާއިރު މިއީ ގާތްގަނޑަކަށް 23 އިންސައްތައިގެ ކުރިއެރުމެކެވެ.

މެއި މަހާ އަޅާބަލާއިރު ޖޫން މަހު ގްރޮސް ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރި ހޭދަ އިތުރުވުމެވެ.

މީގެ ތެރޭގައި ބޭންކިން ނިޒާމަށާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކަށް ބޭރު ފައިސާ ބޭނުންވާ މިންވަރު އިތުރުވުމާ ގުޅިގެން، އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ދޫކުރި ޑޮލަރުގެ މިންވަރު ކުރީ މަހާ އަޅާބަލާއިރު 43 އިންސައްތަ އިތުރުވުން ހިމެނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk