
އެންސްޕާގެ ކޯލް ސެންޓަރެއް އައްޑޫ ސިޓީގައި

ރިޟްވާން މޫސާ - 01 ޖުލައި 2026 - 07:38
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކޯލް ސެންޓަރު، އެންސްޕާ އައްޑޫ އޮފީހުގައި ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިިފއެވެ.
އައްޑޫ ސިޓީގައި އެންސްޕާގެ ކޯލް ސެންޓަރު ގާއިމުކޮށްފައި ވަނީ އެސިޓީގެ ހިތަދޫގަ އެވެ.
މި ޙިދުމަތް ތަކާއެކު މިއަދުން ފެށިގެން ކޯލް ސެންޓަރުން ދެމުން އަންނަ ޙިދުމަތްތަކުގެ ވަގުތު ވެސް ވަނީ އިތުރުކޮށްފަ އެވެ. މިގޮތުން ރަސްމީ ދުވަސްތަކުގައި ރަސްމީ ގަޑިތަކުގައި ޚިދުމަތް ދެމުން އައިނަމަވެސް މިއަދުން ފެށިގެން ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހަކުވެސް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވެއެވެ. އެދުވަސްތަކުގައި ހެނދުނު 8:00އިން ރޭގަނޑު 10:00 އާ ހަމައަށް ޚިދުމަތް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
އެންސްޕާއިން ދެމުންދާ މާލީ އެހީތެރިކަމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތްތަކާ ގުޅޭ މައުލޫމާތު އެންސްޕާގެ ހޮޓްލައިން ނަންބަރު '1402' އަށް ގުޅައިގެން ސާފުކުރެވޭނެއެވެ.
"އަސްލުޓީވީ" އަށް މައުލޫމާތު ދެއްވަމުން އެންސްޕާއިން ބުނީ ހޮޓްލައިން މެދުވެރިކޮށް، މެޑިކަލް ވެލްފެއަރ ނުވަތަ ބޭސްފަރުވާގެ އެހީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މާލީ އެހީ، ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ އިތުރުން އެންސްޕާގެ ޚިދުމަތްތަކާއި ގުޅުން ހުރި މައުލޫމާތުތައް އޮޅުންފިލުވޭނެ ކަމަށެވެ.
އެންސްޕާއިން ފޯރުކޮށްދެމުން އަންނަ ޙިދުމަތްތަކުގެ ތެރެއިން ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ އާއި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތަކާއި، ތެލެސީމިއާ އެލަވަންސާއި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ދޭ އެހީގެ ޕްރޮގްރާމާއި، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތަށް ދޭ މާލީ އެހީ ވަންގަވް މެދުވެރިކޮށް ހުށައެޅޭނެ އެވެ.
ގުޅުން ހުރި ޙަބަރުތައް

މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރަނީ ހއ.އުތީމުގައި: ހީނާ ވަލީދު
10 ގަޑިއިރު ކުރިން

މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް މިމަހު ކުރިއަށްދަނީ
12 ގަޑިއިރު ކުރިން

18 އަތޮޅެއްގެ އާސާރުތައް ޑޮކިއުމެންޓް ކުރެވިއްޖެ: ހީނާ
12 ގަޑިއިރު ކުރިން

ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް މަޝްވަރާތަކެއް!
ދުވަހެއް ކުރިން


.gif&w=3840&q=75)