
ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް މަޝްވަރާތަކެއް!

އާމިނަތު ޝަޒްލާ - 30 ޖޫން 2026 - 15:25
ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށާއި، ދެ ގައުމު ގުޅިގެން ތަމްރީނުތައް ހިންގައި ފަންނީ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ސައޫދީ އަރަބިއްޔާއާއެކު މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
މި މަޝްވަރާތައް ބޭއްވުނީ، ސައޫދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު، ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ދައުވަތަކަށް، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޣައްސާން މައުމޫން އެ ގައުމަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ދަތުރުފުޅުގައި، އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައި.އެމް.ސީ.ޓީ.ސީ) ގެ ޑެޕިއުޓީ މިލިޓަރީ ކޮމާންޑަރ މޭޖަރ ޖެނެރަލް ޢަބްދުﷲ ބިން ޙާމިދު އަލް-ޤުރައިޝީއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދިފާއީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ޓެރަރިޒަމްގެ ނުރައްކާތަކުން ސަލާމަތްވުމަށް ގުޅިގެން މަސައްކަތްކުރުމާއި، ތަމްރީނުތައް މެދުވެރިކޮށް ދެ ފަރާތުގެ ފަންނީ ހުނަރުވެރިކަން މަތީ ދަރަޖައަކަށް އުފުލުމެވެ.
މީގެ އިތުރުން، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި އިސްތިރާޖީ ގުޅުން ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވިއެވެ. ހަމައެހެންމެ، ދުނިޔޭގެ ސުލްހަމަސަލަސްކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ދެ ގައުމުން ކުރަމުންދާ އިޚުލާޞްތެރި މަސައްކަތްތައް އުފަލާއެކު ބަލައިގަންނަކަން މި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.
ގުޅުން ހުރި ޙަބަރުތައް

ވެނެޒުއޭލާ ބިންހެލުން: އެހީތެރިކަން ލިބުން ލަސްވުމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ!
3 ގަޑިއިރު ކުރިން

ތިނަދޫ ސިޓީ "ބަންކަރިން ގާރޑަން" ފޯރިގަދަކޮށް ކެއުމާއެކު ވޯލްޑްކަޕް މެޗުތައް ބަލާލުމުގެ ފުރުސަތު!
6 ގަޑިއިރު ކުރިން

އެއަރ ޓްރެފިކް މެނޭޖްމަންޓް: ރާއްޖޭގެ ޒަމާނީ އޭވިއޭޝަން ސިނާޢަތުގެ ތަނބު!
7 ގަޑިއިރު ކުރިން

މަޝްރޫއުތައް ސުންގަޑިތަކަށް ނިންމަން ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުން އަޅަނީ
ދުވަހެއް ކުރިން


.gif&w=3840&q=75)