
ތިނަދޫ ސިޓީ ބަންކަރިން ގައި މީހުން މެޗުލަނީ.. ފޮޓޯ: ތިނަދޫ ސިޓީ ބަންކަރިންގ ފޭސްބްކް ޕޭޖް
ތިނަދޫ ސިޓީ "ބަންކަރިން ގާރޑަން" ފޯރިގަދަކޮށް ވޯލްޑްކަޕް މެޗުތައް!

މުޙައްމަދު ފަޟްލޫން - 30 ޖޫން 2026 - 12:27
މިފަހަރު ކުރިއަށްދާ ވޯލްޑް ކަޕްގައި ފުޓުބޯޅައިގެ ފޯރި ގަދަކޮށް ތިނަދޫ ސިޓީގައި ކުރިއަށް ގެންދާ ކަމަށް ތިނަދޫ ސިޓީގެ ކުޅިވަރުގެ ކަންކަން އިސްކޮށް ރާވައި ހިންގާ ޒުވާނުންގެ ފަރާތުން ބުނެފި އެވެ.
"އަސްލު ޓީވީ" އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ސިޓީގެ ކުޅިވަރުގެ ހަރަކާތްތައް ހިންގަމުންދާ އިސް ފަރާތެއްކަމަަށްވާ ޝަފީގް މުހައްމަދު (ހޯބެ) ފާހަގަކުރި ގޮތުގައި އެ ސިޓީގައި ވޯލްޑްކަޕް މެޗްތައް ބެލުމަށް ވަނީ ވަރަށް ބޮޑެތި އިންތިޒާމުތައް ރާފައި ކަމަށެވެ.

ހޯބެ ފާހަގަކުރެއްވި ގޮތުގައި މެޗު ބެލުމުގެ ހަރަކާތްތައް ކުރިއަށް ދަނީ އެ ސިޓީގައި ގާއިމުކޮށްފައިވާ ބަންކަރިންގަ އެވެ. ބަންކަރިން އަކީ ތިނަދޫ ސިޓީގައި ގާއިކުމޮށްފައިވާ އެކިއެކި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންދާ މަރުކަޒެކެވެ.
ހޯބެ ފާހަގަ ކުރި ގޮތުގައި ވޯލްޑްކަޕް މެޗުތައް ބެލުމަށް އަންނަ ފަރާތްތަކަށް ހާއްސަކޮށް މެޗު ފެށުމުގެ ކުރިން ފޯރިގަދަ ކޮށް ކެއުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސައިދީފަ އެވެ.
ތިނަދޫ ސިޓީ ބަންކަރިން ގައި މީހުން މެޗުލަނީ.. ފޮޓޯ: ތިނަދޫ ސިޓީ ބަންކަރިންގ ފޭސްބްކް ޕޭޖް
"ވަރަށް ފޯރިގަދަ ކޮށް މިކޮޅުގައި ކުޅިވަރު މެތުތައް ބަލަމުން ދަނީ. ހަމައެކަނި ރޭގައި ވެސް ބްރެޒިލް މެޗު ބަލަން 400 އަށް ވުރެ ގިނަ މީހުން އައި. މެޗު ފެއްޓުމުގެ ކުރިން އޮންނާނެ ކެއުމުގެ އިންތިޒާމުތައް. އެކަންކަން ވެސް ވަރަށް ފޯރީގައި ކުރިއަށްދަނީ." ހޯބެ އަސްލުޓީވީ އަށް ބުންޏެވެ.
ހޯބެ ފާހަގަކުރި ގޮތުގައި މި އިންތިޒާމްތަކާއި ޙަރަދުތައް ބަލަހައްޓަމުން ގެންދަނީ ތިނަދޫ ސިޓީގެ ޒުވާނުން ގުޅިގެން ކަމަށާއި، މި ކަމުގެ ސަބަބުން އެކުވެރިކަމާއި އެއްބައިވަންތަކަން ވަރަށް ބޮޑަށް އާލާވަމުން އަންނަ ކަމަށެވެ.
ތިނަދޫ ސިޓީ ބަންކަރިން ގައި މީހުން މެޗުލަނީ.. ފޮޓޯ: ތިނަދޫ ސިޓީ ބަންކަރިންގ ފޭސްބްކް ޕޭޖް
ތިނަދޫގައި ވޯލްޑް ކަޕް ބަލާ ފަރާތްތަކުން އެރެއަކު ކުޅޭ ޓީމްގެ ޖާޒީގައި ފިސާރި ހިތްވަރާއި ޖޯޝާއެކުގައި ސަޕޯޓް ކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.
ތިނަދޫ އަކީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ލާމަސީލު ރައްޔިތެއް ދިރިއުޅެމުންގެންދާ ސިޓީއެކެވެ. ގދ އަތޮޅުގެ އެންމެ މީހުން ގިނަ ރަށް ކަމަށްވާ ގދ ތިނަދޫގައި މިއަހަރުގެ ވޯލްޑް ކަޕް ބެލުމުގައިވެސް ރަށުން ދައްކަމުންދަނީ އެކުވެރިކަމުގެ މިސާލެވެ.
ގުޅުން ހުރި ޙަބަރުތައް

ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް މަޝްވަރާތަކެއް!
3 ގަޑިއިރު ކުރިން

ވެނެޒުއޭލާ ބިންހެލުން: އެހީތެރިކަން ލިބުން ލަސްވުމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ!
3 ގަޑިއިރު ކުރިން

އެއަރ ޓްރެފިކް މެނޭޖްމަންޓް: ރާއްޖޭގެ ޒަމާނީ އޭވިއޭޝަން ސިނާޢަތުގެ ތަނބު!
7 ގަޑިއިރު ކުރިން

މަޝްރޫއުތައް ސުންގަޑިތަކަށް ނިންމަން ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުން އަޅަނީ
ދުވަހެއް ކުރިން


.gif&w=3840&q=75)