
މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް މިމަހު ކުރިއަށްދަނީ

ރިޟްވާން މޫސާ - 01 ޖުލައި 2026 - 06:52
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް މިމަހުގެ ފަށާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢިދު ވިދާޅުވެއްޖެއެވެ. ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ކޮންސިއުމަރ ޑިމާންޑް އިތުރުވަމުން އައި މިންވަރާއި ބަލާ ޕޯޓު މައްސަލައެއް ހައްލެއް ގެނައުމަށް މަސައްކަތް ކުރެވިފައި ނެތް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިޞާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ރާއްޖޭގެ މެރިޓައިމް ދައިރާގެ ކުރިއެރުވުމަށް އުމްރާނީ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމެއް ނަމެވެސް ކޮންސިއުމަރ ޑިމާންޑް އިތުރުވި މިންވަރަށް ސީ ޕޯޓު ތަރައްޤީ ނުކުރެވޭކަން ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ މިހާރު ރާއްޖޭގެ އާބާދީ އިތުރުވެ، ރާއްޖެއަށް 2 މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށެވެ.
ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން
މާލޭގެ ވިޔަފާރި ބަނދަރާއި އެހެން ޕޯޓް ބަނދަރުތައް ވެސް މީގެ ކުރިން އަޅައިނުލައި ދޫކޮށްލާފައި އޮތް އޮތުން މި ސަރުކާރުން ނިމުމަކަށް ގެންނަން އަދުގެ ރައީސުލް ޖުމްހޫރިއްޔާ ވަރަށް ގިނަ މަސައްކަތްތައް ކުރައްވަމުން އަންނަ ކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ މި މަސައްކަތުގެ ބިންގާ އެޅުން މިމަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެތަނުގެ ބިންގާއަޅައި، އަންނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި މާލޭ ކޮމާޝަލް ޕޯޓު ތިލަފުއްޓަށް ބަދަލުކޮށް ނިންމުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
މާލޭގެ ވިޔަފާރި ބަނދަރުގެ ތޮއްޖެހުމާއި މަސައްކަތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން މާލޭ ވިޔަފާރި ބަނދަރުގައި ހުރި ބައެއް ކޮންޓެއިނާރަތައް ވެސް މިވަގުތު ވަނީ ވަގުތީ ގޮތުން ތިލަފުށްޓަށް ބަދަލުކޮށްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރަނީ ހއ.އުތީމުގައި: ހީނާ ވަލީދު
10 ގަޑިއިރު ކުރިން

އެންސްޕާގެ ކޯލް ސެންޓަރެއް އައްޑޫ ސިޓީގައި
11 ގަޑިއިރު ކުރިން

18 އަތޮޅެއްގެ އާސާރުތައް ޑޮކިއުމެންޓް ކުރެވިއްޖެ: ހީނާ
12 ގަޑިއިރު ކުރިން

ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް މަޝްވަރާތަކެއް!
ދުވަހެއް ކުރިން


.gif&w=3840&q=75)