
މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރަނީ ހއ.އުތީމުގައި: ހީނާ ވަލީދު

ރިޟްވާން މޫސާ - 01 ޖުލައި 2026 - 08:32
މިފަހަރުގެ މިނިވަން ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ނިންމާފައި ވަނީ ހއ.އުތީމުގައި ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ކުރެއްވެވި ސުވާލަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ނަސްރުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ސަރުކާރުން ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުން އަންނަ މުހިންމު ދުވަހެއެް ކަމަށެވެ.
ހީނާ ވަލީދު ވިދާޅުވީ ނަސްރުގެ ދުވަހާއި މިނިވަން ދުވަހަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ފާހަގަކުރައްވަމުން އަންނަ ދެ ދުވަސްކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ ކުރިއާއި ޙިލާފަށް ނަސްރުގެ ދުވަހަކީ ވަރަށް ފުޅާކޮށް ވަރަށް ކުލަގަދަ ގޮތެއްގައި މިފަހަރު ބޭއްވުމަށް ނިންމާފައިވާ ދުވަހެއް ކަމަށެެވެ.
ދުވަސްތައް ފާހަގަކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ ވަކި ގޮތްތަކަކަށް ބަހާލައިގެން ފާހަގަކުރައްވަމުން ހީނާ ވިދާޅުވީ ނަސްރުގެ ދުވަހުގެ ހަރަކާތްތައް ނުވަތަ މި ޖަލްސާ އިންތިޒާމުކޮށް ކުރިއަށްގެންދަނީ އެމްއެންޑީއެފްގެ ފަރާތުން ކަން ފާހަގަކުރެއްވެވި އެވެ.
ހީނާ ވިދާޅުވީ މިދިޔަ އަހަރުވެސް ގައުމީ ދުވަސް ފާހަގަކޮށްފައި ވަނީ ހއ. އުތީމުގައި ކަމަށާއި، މިއަހަރުވެސް ހަމަ އެރަށުގައި ގައުމީ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށެވެ.
ހީނާ އިތުރަށް ވިދާޅުވީ މިގޮތަށް ފާހަގަކުރެވޭ ދުވަސްތައް ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ގައުމީ ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ކުރިއަށްގެންދާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އެންސްޕާގެ ކޯލް ސެންޓަރެއް އައްޑޫ ސިޓީގައި
11 ގަޑިއިރު ކުރިން

މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް މިމަހު ކުރިއަށްދަނީ
12 ގަޑިއިރު ކުރިން

18 އަތޮޅެއްގެ އާސާރުތައް ޑޮކިއުމެންޓް ކުރެވިއްޖެ: ހީނާ
12 ގަޑިއިރު ކުރިން

ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް މަޝްވަރާތަކެއް!
ދުވަހެއް ކުރިން


.gif&w=3840&q=75)