logo

ހަޅުތާލު ނިމުމަކަށް ގެނެސް އިންޑިޔާގެ މުވައްޒަފުން އަލުން މަސައްކަތް ފަށައިފި

profile

ޔޫޝައު ހަސަން - 03 އޭޕްރީލު 2023 - 10:02

އަސާސީ ހިދުމަތްތައް ނުދޭ ކަމަށްބުނެ އިންޑިޔާގެ މުވައްޒަފުން ހަޅުތާލު ކުރަނީ

އަސާސީ ހިދުމަތްތައް ނުދޭ ކަމަށްބުނެ އިންޑިޔާގެ މުވައްޒަފުން ހަޅުތާލު ކުރަނީ

އެކަށީގެންވާ އަސާސީ ހިދުމަތްތަކާއި މަސައްކަތުގެ މުސާރަ ނުދޭ ކަމަށްބުނެ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިންޑިއާގެ ޖޭއެމްސީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ހައުސިން މަޝްރޫއުގައި މަސައްކަތް ކުރާ ބިދޭސީން ކުރަމުން ގެންދިޔަ ހަޅުތާލުތައް ހުއްޓާލުމަށްފަހު އަލުން މަސައްކަތް ފަށައިފިއެވެ.

ތަކުރާރުކޮށް މި ހައުސިން މަޝްރޫއުގެ މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ފަރާތުން ލިބެމުން ދިޔަ ޝަކުވާތަކުގެ ސަބަބުން މި މަޝްރޫއުގެ މަސައްކަތް މިދިޔަ މަހުގެ 25ވަނަ ދުވަހުން ފެށިގެން ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ.

މިކަމާއި ގުޅިގެން އެފްޑީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޝަކުވާތަކާ ގުޅިގެން ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރުމުން، މިދިޔަ ހުކުރު ދުވަހުން ފެށިގެން މުވައްޒަފުން މަސައްކަތަށް އަލުން ނުކުމެފައިވާ ކަމަށެވެ. އަދި މުވައްޒަފުންގެ ކަންބޮޑުވުންތައް ހައްލުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިފައިވާ ކަމަށާއި އެކަންކަން ވަރަށް ގާތުން ބަަލަމުންވެސް ގެންދާ ކަމުގައި އެފްޑީސީންގެ ބަޔާނުގައި ވެއެވެ.

އެއްބަސްވުންތަކުގެ ދަށުން ކޮންޓްރެކްޓަރުންނަށް ދައްކަން ޖެހޭ ފައިސާ ގަވާއިދުން ދައްކަމުން އަންނަ ކަމަށާއި އަދި އެއްބަސްވުމުގެ ދަށުން މަޝްރޫއު ހިންގުމަށްޓަކައި ކުރަން ޖެހޭ ކަންކަން ވެސް ކުރިއަށް ގެންދާނެ ކަމަށްވެސް އެފްޑީސީން ބުނެފައިވެއެވެ.

ޖޭއެމްސީގެ މުވައްޒަފުން ހަޅުތާލުކޮށް މަސައްކަތް ހުއްޓާލި އެ މީހުންލައްވައި ގިނަ އިރު މަސައްކަތް ކުރުވައި، މުސާރަ ނުދީ އަދި ބޭސް ފަރުވާގެ ނުކޮށްދިނުމުގެ އިތުރުން ރަނގަޅު ކާނާ ނުލިބޭތީއެވެ. ޖޭއެމްސީގެ މުވައްޒަފުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ މުޒާހަރާވެސް ކޮށްފައެވެ. އެފަހަރު މުޒާހަރާ ކުރީ އެ ސަބަބުތަކާ ގުޅިގެންނެވެ.

tel:+9607331319