logo

ފްލެޓުތައް ހަވާލުކުރެވޭނީ ހައުސިން މިނިސްޓްރީން އެންގުމުން: އެފްޑީސީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 26 އޯގަސްޓު 2024 - 12:35

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ‘އަމާން’ ހައުސިން މަޝްރޫއުގެ  ދަށުން އަޅަމުންދާ ފްލެޓުތަކެއް (ފޮޓޯ/ ދައުރު)

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ‘އަމާން’ ހައުސިން މަޝްރޫއުގެ ދަށުން އަޅަމުންދާ ފްލެޓުތަކެއް (ފޮޓޯ/ ދައުރު)

"ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4000 ފްލެޓު ހަވާލުކުރުމާ ގުޅޭ މުއާމަލާތްތައް ކުރިއަށް ގެންދެވޭނީ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓުން ވަކި ގޮތެއް އެންގުމުން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.

އެ 4000 ހައުސިން ޔުނިޓުތަކުގެ އެއްބަސްވުމާއި އަދި ޔުނިޓުތައް ހަވާލުކުރުމާ ބެހޭގޮތުން ގިނަ ފަރާތްތަކަކުން މައުލޫމާތު ހޯދަން ހުށަހަޅަމުންދާތީ އެ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޔުނިޓުތައް ހަވާލުކުރުމުގެ ހުރިހާ ކަމެއްގައި އަމަލުކުރަމުންދާނީ މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ކަމަށެވެ.

އެ ޔުނިޓުތައް ހަވާލުކުރުމާ ގުޅުންހުރި މަސައްކަތްތައް މަޑުޖައްސާލަން މިނިސްޓްރީން މީގެކުރިން އަންގާފައިވާކަން ފާހަގަކުރަމުން އެފްޑީސީން ބުނީ އެ މުއާމަލާތްތައް ކުރިއަށް ގެންދެވޭނީ މިނިސްޓްރީން ވަކި ގޮތެއް އެންގުމުން ކަމަށެވެ.

ކުރީ ސަރުކާރުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ދައުރުގެ ފަހުކޮޅުގައި އިއުލާނުކޮށް ފްލެޓު ލިބުނު ބައެއް މީހުންނާ އެކު ފްލެޓު ކަނޑައަޅައި އެއްބަސްވުން ވެސް ހަދާފައިވެއެވެ. އެކަމަކު އެ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކަކާ ގުޅިގެން އޭސީސީން ކުރި ތަހުގީގުގައި، އެ ސްކީމަށް ހުށަހަޅާފައިވަ ފޯމުތަކުގެ ތެރެއިން 59.6 ފޯމަކީ ޝަރުތު ހަމަނުވާ ފޯމުތަކެއް ކަން ހާމަވި އެވެ. އެހެންވެ ސަރުކާރުން ނިންމާފައިވަނީ އެ ލިސްޓު ރިވިއުކުރުމަށެވެ. ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު ވަނީ އެ ލިސްޓު ރިވިއުކުރުމަށްފަހު އެންމެ ލަސްވެގެން އޮކްޓޯބަރުގައި އާއްމުކުރާނެ ކަމަށް މަޖިލީހުގެ ކޮމިޓީއެއްގައި މީގެކުރިން ވިދާޅުވެފަ އެވެ.

https://wamco.com.mv/
tel:+9607331319