logo

3000 ހައުސިން ޔުނިޓް ތަރައްގީ ކުރަނީ

profile

އަހުމަދު ޒަލީފު - 05 ޖެނުއަރީ 2024 - 14:11

--

--

ރާއްޖޭގައި 3000 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ޖޮއިން ވެންޗަރއަކާއެކު ފްރޭމްވޯރކް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ ހޭލީސް އޭވިއޭޝަން އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓަޑާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އޮނިކްސް ބިލްޑާސް ޕްރައިވެޓް ލިމިޓަޑްއާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކާ އެކު އެވެ.

އިއްޔެ އެ އެއްބަސްވުމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އެވެ. އަދި ހޭލީސް ފަރާތުން ސޮއިކުރީ ރާއްޖޭގެ މަންދޫބު ކަމަށްވާ އޮނިކްސް ބިލްޑާސް ޕްރައިވެޓް ލިމިޓަޑްގެ މެނޭޖިން ޑިރެކްޓަރު ހަސަން ހުސައިން އެވެ.

އެފްޑީސީން ބުނި ގޮތުގައި، އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި 3000 ސޯޝަލް ހައުސިން ޔުނިޓް ޑިޒައިން ކުރުމާއި ފައިނޭންސް ކުރުމާއި އިމާރާތްކުރުމުގެ މަސައްކަތްކުރާނީ ހަވާލުކުރެވިފައިވާ ޖޮއިންޓް ވެންޗާއިންނެވެ.

އެ މަޝްރޫއު ކުރިޔަށްގެންދާނެ ސަރަހައްދެއް ކަނޑައަޅާނީ އެފްޑީސީން ބުނި ގޮތުގައި، އެ ކޯޕަރޭޝަނާއި ސަރުކާރުން ކަނޑައަޅާ ހިސާބުތަކެއްގަ އެވެ. ނަމަވެސް، އިތުރު ތަފްސީލެއް ހާމައެއްނުކުރެ އެވެ.

tel:+9607331319