logo

ޚާރިޖީ ސިޔާސަތަށް މަރުހަބާ ނުކިޔުމުން ނަޝީދުގެ ފާޑުކިޔުން އެމްޑީޕީއަށް

profile

ޝުރުފާ މުހަންމަދު - 11 އޯގަސްޓު 2024 - 08:29

ކުރީގެ ރައީސް މުހަންމަދު ނަޝީދު އިންޑިއާގެ އެކސްޓަރނަލް އެފެއާޒް މިނިސްޓަރާއި އެކު----

ކުރީގެ ރައީސް މުހަންމަދު ނަޝީދު އިންޑިއާގެ އެކސްޓަރނަލް އެފެއާޒް މިނިސްޓަރާއި އެކު----

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒުގެ ސަރުކާރުން، އިންޑިއާގެ ސަރުކާރާ ގުޅުން ބަދަހުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެމްޑީޕީން ފާޑުކިޔާތީ ކުރީގެ ރައީސް މުހަންމަދު ނަޝީދު އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެމްޑީޕީގެ ސަރުކާރުތަކުގައި އަބަދުވެސް އިންޑީއާއާ ގާތް ގުޅުމެއް ބާއްވާފައިވާއިރު، މި ސަރުކާރާ އިންޑިއާއާ ދެމެދު އޮންނަ ގުޅުން ހީނަރު ކަމަށް ތުހުމަތު ކުރެ އެވެ.

އެކަމަކު މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ރައީސް މުއިއްޒު އަދި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވެސް ވަނީ އިންޑިއާ އަށް ވަޑައިގެންފަ އެވެ. އަދި މިހާރު އެގައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިޔާމް ޖައިޝަންކަރު ރާއްޖެ ވަޑައިގެން އުޅުއްވާއިރު، އެކަމަށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވަން ތައްޔާރުވެފައިވަނިކޮށް، އެމްޑީޕީން މިދިޔަ ހަފްތާގައި ބޭއްވި ގައުމީ މަޖިލީހުގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެ އާއި އިންޑިއާގެ ގުޅުމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅު ރީޓުވީޓު ކުރައްވާ ނަޝީދު ވަނީ އެ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ބަދަހި އިންޑިއާ-ރާއްޖެ ގުޅުމަށް އެދޭ ފަރާތްތަކުން ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލަށް މަރުހަބާ ނުކިޔައި ކުރިން ކަންވެފައި އޮތް ގޮތް ފާހަގަކޮށް، ސަރުކާރަށް މަލާމާތް ކުރާ ނަމަ އެކަމުން ދޭހަ ވަނީ، އިންޑިއާ-ރާއްޖެ ގުޅުމަށް ނޭދޭކަން ކަމަށް ވިދާޅުވި އެވެ. ނަަޝީދު ވިދާޅުވީ އެމްޑީޕީން މިހާރު އެ ދައްކާ ވާހަކަތަކަކީ އެ ޕާޓީގެ އުސޫލުގައި ވެސް ނުހިފަހައްޓާ ސިޔާސީ ޕޮއިންޓު ހޯދުމުގެ މަގްސަދުގައި ދައްކާ ވާހަކަތަކެއް ކަމަށެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވި ކަމަށް ގިނަ ބަޔަކު ގަބޫލުކުރަން ފެށީ އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ހިންގި އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުންނެވެ. އަދި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައގެން، ރަސްމީ ދަތުރުފުޅެއް އެ ގައުމަށް ކުރެއްވީ ވެރިކަމަށް ހަ މަސް ވީ ފަހުން ކަމަށް ވާތީވެސް ގިނަ ބަޔަކު ފާޑުކިޔުން އަމާޒުކޮށްފައިވެ އެވެ.

tel:+9607331319