logo

ހުއްދަނެތި ހެލިކޮޕްޓަރު ދުއްވި ކަމަށް ބުނާ ވާހަކަ އިންޑިއާއިން ދޮގުކޮށްފި

profile

އަހުމަދު ޒަލީފު - 14 މޭ 2024 - 19:18

---

---

އިންޑިއާގެ ސަރުކާރުން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކުގައި ތިބި އެ ގައުމުގެ ސިފައިން އެމްއެންޑީއެފަށް ނޭނގި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ދުއްވި ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ކުރެއްވި ތުހުމަތު އިންޑިއާއިން ދޮގުކޮށްފިއެވެ

މިމަހު 11 ވަނަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ ހުއްދަނެތި ހެލިކޮޕްޓަރު ދަތުރުކުރީ ތ. ތިމަރަފުށްޓަށް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިފަދަ ތުހުމަތުތައް ކުރެވުނު ނަމަވެސް އެކަން އޭރު ޑިފެންސް އިން ދޮގު ކުރިއެވެ. ޣައްސާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިފަދަ މައްސަލައެއް 241 ކޮމިޓީއަށް ހުށަހެޅި ބެލި ކަމަށެވެ.

"ދިވެހިންގެ ހުއްދަ ނެތި ހެލިކޮޕްޓަރެއް އޮތީ އަޅާފައި، އެއީ ތިމަރަފުއްޓަށް ލޭންޑް ކުރި އިންސިޑެންޓެއް. މިހާރު އެކަހަލަ އެއްވެސް ގޮތަކަށްވެސް އަޅުގަނޑުމެންގެ ކޮމާންޑް އެންޑް ކޮންޓްރޯލްގެ ބޭރުން ދަތުރު ނުކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ދެންނެވީ،". ވަޒީރު ވިދާޅުވިއެވެ

މި މައްސަލައިގައި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ވަޒީރުގެ ވާހަކައާ ގުޅިގެން ގިނަ މީޑިއާތަކުން އެކަން ހިނގި ގޮތް ސާފުކުރަން ކޮމިޝަނުގައި އެދެމުންދާ ކަމަށެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ހުރި އެ ގައުމުގެ ވައިގެ ޕްލެޓްފޯމްތައް އަބަދު ވެސް ބޭނުންކުރީ އެއްބަަސްވެފައިވާ ގޮތަށް ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ހުއްދަ ލިބިގެން ކަމަށާއި ޣައްސާން އިޝާރާތް ކުރެއްވި ހާދިސާ ހިނގީ އޮކްޓޯބަރު 9، 2019 ގައި ކަމަށާއި އެ ދުވަހު ދަތުރުކުރީ ވެސް އެމްއެންޑީއެފްގެ ހުއްދައާ އެކު ކަމަށެވެ.

ބަޔާނުގައި ބުނާގޮތުން ތިމަރަފުށީ އެއާޕޯޓުގައި ހެލިކޮޕްޓަރު ޖައްސަން ޖެހުނީ ކުއްލި ހާލަތެއް ދިމާވެގެންނެވެ. އެކަމަށް ބޭނުންވާ ހުރިހާ ހުއްދައެއް އެއާ ޓްރެފިކް ކޮންޓްރޯލުން ވެސް ހޯދި ކަމަށާއި އެ ދުވަހުގެ ހާދިސާގައި ތިމަރަފުށްޓަށް ޖެއްސީ ހެލިކޮޕްޓަރާއި ކްރޫއިންގެ ސަލާމަތައް ބަލާ ކޮންމެހެން އެމަޖަންސީކޮށް ޖައްސަން ޖެހިގެން ކަމަށް ވެސް އިންޑިއާއިން ބުނެއެވެ.

tel:+9607331319