logo

މެންޗެސްޓަރ ޔުނައިޓެޑާ ހަވާލުވުމުގެ ކުރިން އަމޮރިމް ސިޓީގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފި

profile

ހަފްސީ އަބްދުﷲ - 06 ނޮވެމްބަރު 2024 - 01:56

ސްޕޯޓިންގެ ކުޅުންތެރިން ކޯޗު އަމޮރިމްއާއެކު އުފާފާޅުކުރަނީ: ފޮޓޯ-ޔުއެފާ

ސްޕޯޓިންގެ ކުޅުންތެރިން ކޯޗު އަމޮރިމްއާއެކު އުފާފާޅުކުރަނީ: ފޮޓޯ-ޔުއެފާ

މެންޗެސްޓަރ ޔުނައިޓެޑްގެ އާ ކޯޗު ރުބެން އަމޮރިމް ޓީމާ ހަވާލުވުމުގެ ކުރިން, މިހާރުގެ ޓީމް ސްޕޯޓިންގ ލިޒްބަންއާ އެކު ސިޓީގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފި އެވެ.

https://wamco.com.mv/

އަމޮރިމްގެ އިރުޝާދުގެ ދަށުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕޯޗްގަލްގެ ސްޕޯޓިންގ ލިޒްބަން އިނގިރޭސި ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ މައްޗަށް ކުރިހޯދީ 4-1 ނެވެ. ސްޕޯޓިންގ ލިޒްބަންގެ ދަނޑުގައި ކުޅުނު އެޓީމުން ކާމިޔާބުކުރީ 4 ވަނަ މިނިޓްގައި ފިލް ފޮޑެންގެ ލަނޑުން ސިޓީ ކުރި ހޯދާފައި ވަނިކޮށެވެ.

ސްޕޯޓިންގ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 38 ވަނަ މިނިޓްގައި ވިކްޓަރ ގްޔޯކޭސް އެވެ. އޭނާ ލަނޑު ޖެހީ ސިޓީގެ ކީޕަރު އެޑަސަން ދެފަހަރަށް ބީޓްކޮށްފައެވެ. މެޗުގައި އިތުރު ދެ ލަނޑު ޖަހާ އޭނާ ވަނީ ސިޓީ ކޮޅަށް ހެޓްރިކް ހަދާފައެވެ. އެއީ ޕެނަލްޓީއަކާވެސް އެކުއެވެ. ސްޕޯޓިންގ އަށް ދެވަނަ ހާފްގެ ދެވަނަ މިނިޓްގައި ލީޑް ނަގައިދިނީ އަރައުޚޯ އެވެ. މެޗުގެ ދެވަނަ ހާފްގައި ސިޓީއަށް ލިބުނު ޕެނަލްޓީ ހާލަންޑަށް ފޮނުވާލެބުނީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މިއީ ސްޕޯޓިންގެ ދަނޑުގައި އެޓީމަށް ރުބެން އަމޮރިއަމް އިރުޝާދުދިން ފަހު މެޗެވެ. އަދި މިއީ 2028 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން މެންޗެސްޓަރ ސިޓީ ވިދިވިދިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. ސިޓީ ބަލިވީ ތިން މުބާރާތެއްގެ ތިން މެޗުގައެވެ. އެއީ ލީގު ކަޕާއި, ޕްރިމިއަރ ލީގާއި, ޗެމްޕިއަންސް ލީގެވެ. އަދި މިއީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުން ސިޓީގެ އެންމެ ބޮޑު ބަލިވެސް މެއެވެ.

މެޗަށްފަހު ސްޕޯޓިންގެ ކޯޗު އަމޮރިމް ބުނީ މިއީ ތާރީޚީ މޮޅެއް ކަމަށާއި, މިފަދަ ނަތީޖާއަކުން ކްލަބްގެ ސަޕޯޓަރުންނަށް 'ގުޑްބައި' ކިޔުމަކީވެސް ވަކިން ޚާއްޞަ އުފާވެރި އުހުސާސެއް ކަމަށެވެ. ޔުނައިޓެޑާ ހަވާލުވުމުގެ ކުރިން އަމޯރިއަމް އަދި އެއް މެޗުގައި ސްޕޯޓިންގ އަށް އިރުޝާދު ދޭނެއެވެ. އެކަމަކު އެއީ ރަށުން ބޭރުގައި ކުޅޭ މެޗެކެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay