
ލަނޑު ޖެހުމަށްފަހު ހާލަންޑް އުފާފާޅުކުރަނީ: ފޮޓޯ-މެންޗެސްޓަރ ސިޓީ
ހަނި މޮޅަކުން މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނަ އަށް

ހަފްސީ އަބްދުﷲ - 26 އޮކްޓޯބަރު 2024 - 16:35
ހަނިމޮޅަކާއެކު އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނަ އަށް މެންޗެސްޓަރ ސިޓީ ޖެހިލައިފި އެވެ.
ޗެމްޕިއަން ސިޓީ އެއްވަނައަށް ޖެހިލީ 1-0 ން ސައުތްހެމްޓަން އަތުން ހޯދި މޮޅާއެކު ޖުމްލަ 23 ޕޮއިންޓް ހަމަކޮށްގެންނެވެ. އެކަމަކު މިވަގުތު ދެޕޮއިންޓްގެ ލީޑަކާއެކު ސިޓީއަށް އެއްވަނަ ލިބެނީ ދެވަނައިގައި އޮތް ލިވަޕޫލަށްވުރެ އިތުރަށް އެއް މެޗު ކުޅެގެންނެވެ. ލިވަޕޫލް ދެވަނައިގައި އޮތީ 8 މެޗުން 21 ޕޮއިންޓާއެކު އެވެ. ސިޓީ އެއްވަނައިގައި އޮތީ 9 މެޗުން 23 ޕޮއިންޓާއެކުއެވެ. ލިވަޕޫލަށް ކުރިއަށް އޮތީ މާދަމާރޭ އާސެނަލްއާ ވާދަކުރާ މެޗެވެ.
ސައުތްހެމްޓަން އަތުން މޮޅުވި މެޗުގައި ސިޓީގެ ހަމައެކަނި ލަނޑު ޖެހީ ހާލަންޑެވެ. ފަސްވަނަ މިނިޓްގައި ހާލަންޑް ލަނޑު ޖެހީ މެތިއުސް ނޫނޭޒް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. މިއީ މިސީޒަންގައި ލީގުގައި ޖެހި 11 ވަނަ ލަނޑެވެ. އަދި ސީޒަންގައި އޭނާގެ 14 ވަނަ ގޯލެވެ. މެޗުގައި އިތުރު ލަނޑު ޖަހަން ހާލަންޑަށް ލިބުނު ފުރުޞަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ.
ހަނި މޮޅަކުންވެސް މޮޅުވުމުން ކޯޗު ޕެޕް ގާޑިއޯލާއަށް ވަނީ ހިތްހަމަޖެހުމެއް ލިބިފައެވެ. އެއީ މުހިއްމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބުމާއެކުެވެސް ތިން ޕޮއިންޓް ހޯދުމުންނެވެ. މިއީ ޕްރިމިއަރ ލީގުގައި ބަލިނުވެ ސިޓީން ފުރިހަމަ ކުރި 32 ވަނަ މެޗެވެ. ލީގުގައި އެންމެ ފަހުން ސިޓީ ބަލިވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު އެސްޓަން ވިލާ އަތުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ސިޓީ ބަލިވެ, ލިވަޕޫލް އެއްވަނަ އަށް
8 މަސް ކުރިން

މެންޗެސްޓަރ ޔުނައިޓެޑާ ހަވާލުވުމުގެ ކުރިން އަމޮރިމް ސިޓީގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފި
8 މަސް ކުރިން

ވިދިވިދިގެން ހަތަރު ވަނަ ބައްޔާއެކު ގާޑިއޯލާ އަށް ގޮތް ހުސްވެއްޖެ
8 މަސް ކުރިން

10 ވަނަ އަހަރަކަށް ކްލަބްގައި މަޑުކުރަން ގާޑިއޯލާ އެއްބަސްވެއްޖެ
7 މަސް ކުރިން