މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ގާބިލުކަން އަވަސްވާނެ ގޮތްތަކެއް ހޯދަންޖެހޭ: މިނިސްޓަރު ތާރިގް
އައިޝަތު އިނާޝާ - 13 ޖެނުއަރީ 2025 - 18:15
ކުދި ޖަޒީރާ ޤައުމުތަކުގައި އިޔާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އަވަސް ގޮތެއްގައި އިތުރުކުރުމަށް ސިޔާސީ އިލްތިޒާމާއި، އައު ގޮތްތަކަށް ފައިނޭންސްކުރުމާއި، އަދި އިސްތިރާތީޖީ ގުޅުންތައް މުހިންމުކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތަކުގައި އިޔާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމާ ގުޅޭ މަތީ ފެންވަރުގެ މަޝްވަރާއެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
"ހައި-ލެވެލް ޑައިލޮގް އޮން ޓްރިޕްލިންގ އިމްޕެކްޓް އިން ސިޑްސް" ގެ ނަމުގައި ބޭއްވުނު މި މަޝްވަރާގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ އިޔާދަކުރަނިވި ހަކަތައާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ މުހިންމު ކަންތައްތަކެއް ފާހަގަ ކުރައްވާފައެވެ.
އެގޮތުން މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ ސިޔާސީ އިލްތިޒާމާއި، އައު ގޮތްތަކަށް ފައިނޭންސްކުރުމާއި، އަދި އިސްތިރާތީޖީ ގުޅުންތަކުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. މިއީ ކުދި ޖަޒީރާ ޤައުމުތަކުގައި އިޔާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އަވަސް ގޮތެއްގައި އިތުރުކުރުމަށް ކޮންމެހެން ބޭނުންވާ ކަންތައްތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްވަރާ ބޭއްވުނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ކަމަށްވާއިރު، މިއީ އިންޓަރނޭޝަނަލް ރިނިއުއަބަލް އެނަރޖީ އޭޖެންސީ (އައިރީނާ) ގެ 15 ވަނަ އަހަރީ ބައްދަލުވުމާ ގުޅިގެން ބޭއްވުނު ހަރަކާތެއްކަން ފާހަގަކޮށްލެވެއެވެ.
މި މުހިންމު މަޝްވަރާގައި ރާއްޖެ ތަމްސީލުކުރެއްވުމަކީ، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަނެއް ފިޔަވަޅެއް ކަމުގައި ބެލެވެއެވެ. އަދި މިކަމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އިތުރަށް އުފުލުމަށް ލިބުނު ފުރުޞަތެއް ކަމުގައިވެސް ދެކެވެއެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން