logo

ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ފުއާދު އައްޔަންކޮށްފި

profile

ޒިދާން މުޙައްމަދު - 06 ޑިސެމްބަރު 2024 - 13:56

އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް

އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް

ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަންކޮށްފިއެވެ.

https://wamco.com.mv/

ފުއާދު މި މަގާމަށް އައްޔަންކުރި ނަމަވެސް ސަރުކާރުން އެ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންވެ މި މަގާމަށް ފުއާދު އައްޔަންކުރި ވަކި ދުވަހެއް ސާފެއް ނުވެއެވެ.

ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ފުއާދު އައްޔަންކޮށްފައި މިވަނީ ތައިލެންޑްގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް އޭނާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ހުށަހަޅާފައި ވަނިކޮށެވެ.

ސަފީރު ކަމަށް ފުއާދު އައްޔަންކުރުމަށް ރުހުން ދިނުމަށް އެ މައްސަލަ ދިރާސާ ކުރި މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ މިމަހުގެ ތިންވަނަ ދުވަހު ފާސްކޮށްފައެވެ.

ފުއާދު ތައުފީގު އެންމެ ފަހުން ހުންނެވީ އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ގޮތުގައެވެ. ކޮމިޝަންގައި އޭނާގެ ދައުރު ހަމަވީ މިދިޔަ ނޮވެމްބަރު 23 ވަނަ ދުވަހުއެވެ.

ފުއާދު، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވާތާ 35 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އެއް އިދާރާ އަކީ އިލެކްޝަންސް ކޮމިޝަންއެވެ.

https://etukuri.mv/
tel:+9607331319