
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް
އަބަދުވެސް އެދެނީ ދިވެހިންނަށް ނަޞްރާއި ނަސީބަށް: ނައިބުރައީސް
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 03 ނޮވެމްބަރު 2024 - 07:19
އަބަދުވެސް އެދެނީ ދިވެހިންނަށާއި މިރާއްޖެއަށް ނަޞްރާއި ނަސީބު ލިބުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބުރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓުގައެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި ނައިބުރައީސް ވަނީ މާތްﷲ މި ދިވެހިރާއްޖެ މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި އަބަދަށް ލެހެއްޓެވުމަށް އެދި ދުޢާ ކުރައްވާފައެވެ. އަދި ބޭރުގެ އެކިއެކި ނުރައްކާތަކުން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރެއްވުމަށާއި ރާއްޖެއަށް އަބަދުވެސް ނަޞްރާއި ނަޞީބު މިންވަރު ކުރެއްވުމަށް އެދި ދުޢާކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހަކީ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހެވެ. އެދުވަސް ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 1988 ނޮވެމްބަރ 3 ވަނަދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނުން ދިވެހިން ސަލާމަތްވެ ނަޞްރު ލިބުމާގުޅިގެންނެވެ.
އިނގިރޭސި އިސްތިޢުމާރުގެ ނުފޫޒުން ރާއްޖެ މިނިވަންވިތާ 23 އަހަރު ފަހުން 1988ވަނަ އަހަރު ދިވެހީންގެ ބަޔަކާއި ބޭރުގެ ހަނގުރާމަވެރި ޓެރަރިސްޓު ޖަމާޢަތަކާ ގުޅިގެން ރާއްޖެއަށް ޢުދުވާނީ ޙަމަލާއެއްދިނެވެ. މި ހަނގުރާމައިގައި ބޭރުން އައި މީހުންކުރެ އަތުލެވުނު މީހުންނަކީ ސްރީލަންކާގެ ޤާނޫނީ ސަރުކާރާ ދެކޮޅަށް އެ ދުވަސްވަރު ހަނގުރާމަކުރަމުން ދިޔަ ޖަމާޢަތެއްގައި ހިމެނޭ ބައެކެވެ. އެއީ ޓެމިލް އީލާމެވެ. ދިވެހި ސިފައިންގެ ހަމަލާތައް އަމާޒުވިތާ ގާތްގަނޑަކަށް 10ވަރަކަށް ގަޑި އިރުގެ ތެރޭގައި ދުޝްމަނުން ބަލިކޮށްލެވިއްޖެއެވެ. މި ދުވަސް ފާހަގަކުރެވެނީ ނަޞްރުގެ ދުވަހުގެ ގޮތުގައެވެ.
ގުޅުން ހުރި ޙަބަރުތައް

އަސާސީ ކާބޯތަކެއްޗާއި ތެލާއި ގޭސް ހުސްނުވެ ރައްޔިތުންނަށް ލިބެންހުންނާނެކަމުގެ ޔަގީންކަން އަރުވަން: ވަޒީރު ސައީދު
3 މިނިޓު ކުރިން

އެސްޓީއޯ އިން ތެލުގެ ޝިޕްމަންޓެއް ގެނެސްފި
ގަޑިއިރެއް ކުރިން
ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ 1224 ޔުނިޓްގެ މަސައްކަތް ފަށައިފި
3 ގަޑިއިރު ކުރިން

ތިނަދޫ ސިޓީގައި ތަރައްޤީކުރި" ހޭހަން ޕާރކް" މޭޔަރ ސަޢުދު ޢަލީ ހުޅުވައިދެއްވައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)