logo
އެމްޑީޕީގެ ޕްރައިމަރީގެ ތެރެއިން އެ ޕާޓީގެ އިސްވެރިން

އެމްޑީޕީގެ ޕްރައިމަރީގެ ތެރެއިން އެ ޕާޓީގެ އިސްވެރިން

ޖެނުއަރީމަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

profile

ޔޫޝައު ހަސަން - 29 ޑިސެމްބަރު 2022 - 09:47

ޖެނުއަރީމަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުނު ދެ ފުރުސަތު ހުޅުވާލައިފިއެވެ.

https://wamco.com.mv/

މިިގޮތުން އާންމުކުރެވިފައިވާ ލިސްޓާއި މެދު ޝަކުވާއެއް ވާނަމަ، 2023 ޖެނުއަރީ 1 ވަނަ ދުވަހުގެ 16:00 ގެ ނިޔަލަށް އެ ފުރުޞަތު އޮންނާނެކަމަށް އެ ޕާޓީން ބުނެއެެވެ.

އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި މި ފަހަރު ވާދަކުރައްވަނީ އެ ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ. ދެ ބޭފުޅުންގެ ތެރެއިން ކެނޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ ރައީސް ނަޝީދަށެވެ. ރައީސް ޞާލިހަށް ލިބިވަޑައިގަތީ ކެނޑިޑޭޓް ނަންބަރު ދޭކެވެ.

ޕްރައިމީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކަށް އެމްޑީޕީގެ ވެބްސައިޓް މެދުވެރިކޮށް ވޯޓާސް ލިސްޓް ޗެކް ކުރެވޭނެއެވެ. ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 57714 މެންބަރުން އެބަތިއްބެވެ

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ އެކަމަށް ހާއްސަ ކޮށްފައިވާ ފޯމް މެދުވެރިކޮށްކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.

އެމްޑީޕީން ވަނީ ރިޔާސީ ޕްރައިމަރީއަށް 5 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ދުވަހެއް ދުވަހަކަށް ގަދަވަމުން އަންނަ އިރު، ރައީސް ރޭ ސަލްޓަން ޕަރކުގައި ރައީސް ނަޝީދުވަނީ "ދިރުމެއްގެ ފެށުން", މި ނަމުގައި އެމަނިކުފާނުގެ ކެމްޕޭން ރަސްމީކޮށް ފަށްޓަވައިފައެވެ. އަދި ރައީސް ޞާލިހުވެސް އެ މަނިކުފާނުގެ ކެމްޕެއިންގެ ކަންތައް ވަރަށް ބާރު ދުވެލީގައި ކުރިއަށް ގެންދަވާކަން ފާހަގަކޮށްލެވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ މި ފަހުގެ ތާރީޚެއްގައި ސިޔާސީ ދާއިރާގައި ބޭއްވޭ އެންމެ ފޯރިގަދަ އެންމެ ވަރުގަދަ އެއް ޕްރައިމަރީއަށް ވެގެންދާނެ ކަމުގައި ބެލެވެއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay