
---
މީހަކު މެރުމުން އުމުރަށް ޖަލަށްލައި ބޮޑެތި ޖޫރިމަނާކުރެވޭ ގޮތަށް ގޭންގް ބިލު ހުށަހަޅައިފި

ޝުރުފާ މުހައްމަދު - 13 ޑިސެމްބަރު 2024 - 14:36
މީހަކު މެރުމާއި ބޮޑެތި ގޭންގު ކުށްތަކަށް މަރުގެ އަދަބުގެ އިތުރަށް ބޮޑެތި ޖޫރިމަނާ ކުރެވޭ ގޮތަށް 'ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި މި ބިލު ފާސްވެ ގާނޫނަކަށް ވުމުން ގޭންގު ކުށްތައް މަނާ ކުރުމާ ބެހޭ ގާނޫނު އަދި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު ހަތިޔާރު ގެންގުޅުމުން މަނާކުރާ ގާނޫނު އުވިގެންދާނެ އެވެ.
މި ބިލުގައި މީހަކު މަރާލުން ކަނޑައަޅާފައި ވަނީ ނުރައްކާތެރި ކުށެއްގެ ގޮތުގަ އެވެ. މިހާރު ގާނޫނު އޮންނަގޮތުން މީހަކު މެރުމުގެ ކުށް ސާބިތުވެއްޖެ ނަމަ އެމީހެއްގެ މައްޗަށް އަންނަނީ މަރުގެ ދިޔަ ދެއްކުމާއި، 25 އަހަރުގެ ޖަލު ހުކުމެކެވެ. އެއީ އުމުރަށް ޖަލަށް ލުމެވެ. އަދި މަރަށް މަރު ހިފުމުގެ އަދަބު ވެސް ދެވެ އެވެ. އެކަމަކު މިހާރު އޮންނަ ގޮތުން އެމީހަކު ޖޫރިމަނާ ކުރެވޭކަށް ނޯވެ އެވެ.
މި ގެނެވޭ ބަދަލާއި އެކު މީހަކު މަރާލުމުގެ ކުށް ސާބިތުވެއްޖެ ނަމަ 25 އަހަރަށް ޖަލަށްލައި 2 ލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާގެ އަދަދަކުން ޖުރިމަނާ ކުރެވޭނެ އެވެ.
ބިލުގެ ތިން ވަނަ މައްދާގައި އިންތިޒާމްވެގެން ކުރާ ބޮޑެތި ކުށްތައް ހަ ބަޔަކަށް ބަހާލާފައިވެ އެވެ. އެއީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް، މީހުން ޓްރެފިކްކުރުން، ރާއްޖެއަށް ގެނައުން މަނާ ތަކެތިން ވިޔަފާރިކުރުމުގެ ކުށް، ކޮއިން ނުވަތަ ނޫޓް ކައުންޓާފީޓް ކުށް، ނުރައްކާތެރި ކުށް؛ އަދި އަނިޔާވެރި ކުށްތަކުގެ ތެރެއިން ކުށުގެ އަދަބުގެ ގޮތުގައި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލު އަދަބު އަންނަ ހުރިހާ ކުށެއް ވެސް ހިމަނާފައިވެ އެވެ. މީގެ ތެރެއިން ނުރައްކާތެރި ކުށުގެ ގޮތުގައި ކަނޑައަޅާފައި ވަނީ މީހަކު މަރާލުން، މާރާމާރީ ހިންގުން، މީހަކަަށް ޖިސްމާނީ ބޮޑު އަނިޔާއެއް ދިނުން އަދި މީހަކު ކިޑްނެޕް ކުރުމާއި، މީހަކަށް ބިރު ދެއްކުމެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން