logo
—

ރޮބާޓޯ ފިރްމީނޯ ލިވަޕޫލް ދޫކޮށް ސައުދީ އަރަބިއްޔާގެ އަލް އަހްލީއަށް ސޮއިކޮށްފި

profile

އަހުމަދު ލައްމާހު އަޒީޒު - 05 ޖުލައި 2023 - 06:05

ލިވަޕޫލް ދޫކޮށް ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރޮބާޓޯ ފިރްމީނޯ ސައުދީ ޕްރޯ ލީގުގެ އަލް އަހްލީއާ ގުޅިއްޖެ އެވެ.

https://wamco.com.mv/

އުމުރުން 31 އަހަރުގެ ބްރެޒިލްގެ ފޯވާޑް އަލް އަހްލީ އާ ގުޅިފައި ވަނީ މިދިޔަ ސީޒަނުގެ ފަހުކޮޅު ލިވަޕޫލްގެ ކޮންޓްރެކްޓް ހަމަވުމުން ފްރީ އޭޖެންޓެއްގެ ގޮތުގައެވެ.

ފިރްމީނޯ ވަނީ 2015 ވަނަ އަހަރު ހޮފެންހައިމް އިން ލިވަޕޫލާ ގުޅުމަށްފަހު ކުޅުނު 362 މެޗުގައި 111 ލަނޑު ކާމިޔާބުކޮށްފައެވެ.

ފިރްމީނޯ އަކީ މި އަހަރުގެ ހޫނު މޫސުމުގައި ސައޫދީ ކްލަބްތަކުން ސޮއިކުރި ބޮޑެތި ސޮއިތަކުގެ ތެރޭގައި ހިމެނޭ ކުޅުންއެއް ކުޅުންތެރިއެކެވެ. އެގޮތުން މިދިޔަ ހަފުތާގައި ޗެލްސީ ދޫކޮށްލުމަށް ފަހު އަލް އަހްލީއަށް ސެނެގާލްގެ ގޯލްކީޕަރު އެޑުއާޑް މެންޑީވެސް ވަނީ ގުޅިފައެވެ.

އެންގޯލޯ ކާންޓޭ އާއި ކަލިޑޫ ކޫލިބަލީ ވެސް ޗެލްސީ ދޫކޮށް ސައުދީ ލީގަށް ގޮސްފައިވާއިރު، ކަރީމް ބެންޒެމާ، ރުބެން ނެވްސް އަދި މާސެލޯ ބްރޯޒޮވިޗް ވެސް ވަނީ ސައުދީ ލީގަށް ބަދަލުވާން ނިންމާފައެވެ. ހަމަ މިއާ އެކު ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު ސްޓީވެން ޖެރާޑް ވަނީ އަލް އެޓިފާކްގެ މެނޭޖަރު ކަމާ ހަވާލު ވެފައެވެ.

ފިރްމީނޯ ވަނީ ލިވަޕޫލަށް 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގާއި 2020 ވަނަ އަހަރުގެ ޕްރިމިއާ ލީގާއި 2022 ވަނަ އަހަރުގެ އެފްއޭ ކަޕާއި ލީގު ކަޕްކާމިޔާބުކޮށްދީފަ އެވެ. އެގޮތުން ފިރްމީނޯ ޖެހި ހަމައެކަނި ގޯލާއެކު ލިވަޕޫލުން ފްލެމެންގޯ ބަލިކޮށް ފުރަތަމަ ފަހަރަށް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުފީފާ ކްލަބް ވޯލްޑް ކަޕް ވެސް ވަނީ ކާމިޔާބުކޮށްފައެވެ.

ސީޒަން ނިމުމުން އޭނާ ކްލަބް ދޫކޮށްލާނެކަން އިއުލާންކުރީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.

https://etukuri.mv/
https://www.aslu.com.mv