
ޝިވާންގީ ޖޯޝީ އާއި ކުޝާލް ޓަންޑަން
"ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" ގެ ނާއިރާގެ އާ ސީރީޒްއެއް!

ޢާއިޝަތު ޢަލީ - 04 ޖޫން 2023 - 15:01
ޝިވާންގީ ޖޯޝީ އާއި ކުޝަލް ޓަންޑަން ފުރަތަމަ ފަހަރަށް އެކުގައި އެކްތާ ކަޕޫރުގެ ކުރިއަށް އޮތް ޝޯ "ބަރުސާތޭއިން" އިން ބެލުންތެރިންނާއި ބައްދަލުކުރަން ތައްޔާރުވެއްޖެއެވެ.
ބަރްސާތޭއިން ގެ ފުރަތަމަ ޕްރޮމޯ ވަނީ ދާދި ފަހުން ނެރެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ޝޯ ލޯންޗު ކުރަން ހަމަޖެހިފައިވަނީ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.
ޝިވާންގީ އެންމެ ފަހުން "ބެކަބޫ" އިން ފެނިފައިވަނީ މަދު އެޕިސޯޑްތަކުން ކަމަށް ވާއިރު، ކުޝަލް ޓަންޑަން މި ޝޯ އާއި އެކު އެކްޓިންއަށް އެނބުރި އަންނާނެއެވެ. ދާދި ފަހުން ސޯޝަލް މީޑިއާގައި ކުޝާލް ވަނީ ޝޯއިން އޭނާގެ ކެރެކްޓާގެ ފުރަތަމަ ލޫކްވެސް ހިއްސާކޮށްފައިއެވެ.
ސޮނީ ޓީވީން އެ ކުންފުނީގެ އޮފިޝަލް އިންސްޓަގްރާމްގައި ޝޯގެ ފުރަތަމަ ޕްރޮމޯ ހިއްސާ ކުރުމުން ޝޯގެ ކެރެކްޓަރުންގެ ފުރަތަމަ ލޫކްގެ ކުޑަ ހިލަމެއް ބެލުންތެރިންނަށް ލިބިގެންދެއެވެ. ޕްރޮމޯއިން ފެންނަނީ ކަޅުކުލައިގެ ސޫޓެއްގައި ހުރި ކުޝާލް ޓަންޑަން ވާރޭގެ ތެރޭގައި ހިނގާލަ ހިނގާލަ ހުއްޓައެވެ. އަދި ޝިވާންގީ ޖޯޝީ ކެބް އަކަށް އިޝާރާތް ކުރަމުންދާތަން ފެންނައިރު، ކެބަށް ވަނުމުގެ ކުރިން އޭނާ ނަގައިގެން ހުރި ކުޑަ ލައްޕަމުން ދަނިކޮށް ކުޝާލް ކެބަށް ވަދެ ދޮރު ލައްޕާލައެވެ.މި ތާޒާ ޖޯޑުގެ ކެމިސްޓްރީ އުއްމީދީ ގޮތަކަށް ފެނުމުން ސަޕޯޓަރުން ވަނީ ކޮމެންޓް ސެކްޝަންގައި އެމީހުންގެ ފޯރި ދައްކާލާފައެވެ.
އެކްޓިން އާއި ދުރުގައި ކުޝާލް ހުންނަތާ 6 އަހަރު ވެއްޖެއެވެ. އެންމެ ފަހުން އޭނާ ފެނިފައިވަނީ "ބޭހަދް" އިންނެވެ. އޭނާއަށް ވަރަށް ބޮޑު ފޭން ބޭސް އެއް އޮވެއެވެ. ގިނަ ބަޔަކު އެނާއަށް ފޮލޯ ކުރަނީ އޭނާގެ ރީތި ލޫކްސް އާއި އެކްޓިން ޓެލެންޓްގެ ސަބަބުންނެވެ.
މީގެއިތުރުން ޝިވާންގީ މަޝްހޫރުކަން ހޯދީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ނައިރާގެ ރޯލުންނެވެ. އޭނާ މޮހްސިން ޚާން އާއި އެކު ނައިރާ-ކާރްތިކް ގެ ރޯލަކީ ފޭނުންގެ ބޮޑު ސަޕޯޓަކާއި ލޮތްބެއް ލިބިފައިވާ ޖޯޑެކެވެ. ބަރްސާތެއިންގައި އޭނާގެ ކެރެކްޓާ އާއި ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ދެކެވިފައިވެއެވެ. ފުރަތަމަ ރިޕޯޓް ކުރެވުނު ގޮތުގައި އޭނާ ފެންނާނީ ނޫސްވެރިއެއްގެ ގޮތުގައެވެ. އަދި ޑަބަލް ރޯލުން ފެނިގެންދާނެ ކަމަށް ވެސް އަޑު ފެތުރިފައިވެއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ޝިވާންގީގެ ފުރަތަމަ ލޫކް ހިއްސާ ކުރިއިރު އޭނާ ފެނުނީ ވެއިޓަރެއްގެ ހެދުން އަޅައިގެންނެވެ.
އެކްތާ ކަޕޫރުގެ މިޝޯގައި ޝިވާންގީ އާއި ކުޝާލްގެ ލޯތްބާއި ނަފްރަތުގެ ގުޅުން ފެނިގެންދާނެއެވެ. މި ޝޯ އަކީ ޔަގީނުންވެސް ފެމިލީ ޑްރާމާއެއް ނޫނެވެ. އަދި އާދައިގެ ލޯބީގެ ވާހަކައެއް ވެސް ނޫންކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ސީރީޒް ވެގެންދާނީ ގިނަ ބައެއްގެ އިންތިޒާރުގެ ފޮނި ނިމުމަކަށް ކަމަށް ބެލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ 5 މީހުން މަރުވުން، ވިސްނާލުން މުހިއްމު ކަމެއް !
19 ގަޑިއިރު ކުރިން

އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް މަރުވި މައްސަލަ އެޗްއާރުސީއެމްގެ ސަމާލުކަމަށް!
19 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
19 ގަޑިއިރު ކުރިން

އަލިފާނުގެ ހާދިސާގައި ހާލުދެރަވެ މާލެ ގެނައި 2 މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ
19 ގަޑިއިރު ކުރިން


.gif&w=3840&q=75)