logo

ބަނގުރަލުގެ ވިޔަފާރިކުރި ދެ މީހަކު ހުޅުމާލެއިން އަތުލައިގެންފި

profile

އާމިނަތު ޝަޒްލާ - 10 ސެޕްޓެމްބަރު 2026 - 11:35

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ބިދޭސީ ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

https://wamco.com.mv/

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ހުޅުމާލެ ސްޕެޝަލް އެންފޯސްމެންޓް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަންގައި ހުޅުމާލެ ފޭސް 1 ގެ ކޮރަލް ސީ9 ކައިރިން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުންނެވެ. އެއީ ތުޝާރު ގާޒީ (22އ) އާއި، ނޮބީ ނޫރް (30އ) އެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި ދެ މީހުން ހައްޔަރުކުރުމަށްފަހު އެ މީހުން ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު 29 ފުޅި ބަނގުރާ ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށްވެސް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319