logo

ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީ ހޯދަން އޭޑީއެފްޑީ އާ މަޝްވަރާކޮށްފި

profile

މުޙައްމަދު ފަޟްލޫން - 10 ސެޕްޓެމްބަރު 2026 - 11:29

ދިވެހިރާއްޖޭގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އާއެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރިއަށްގެންގޮސްފިއެވެ.

https://wamco.com.mv/

މި މަޝްވަރާތައް ކުރިއަށްދިޔައީ މާލީ ކަންކަމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު، އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލުކުރައްވައި ބޭއްވެވި ރަސްމީ ބައްދަލުވުމުގައެވެ.

މާލީ ކަންކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި އަބޫދާބީ ފަންޑާ ދެމެދު އޮތް ޒަމާންވީ އަދި ބަދަހި ގުޅުން އިތުރަށް ހަރުދަނާކޮށް، ތަފާތު އެކި ދާއިރާތަކުން ގުޅުން ފުޅާކުރުމާ ގުޅޭގޮތުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

މީގެއިތުރުން، ރާއްޖޭގައި އަލަށް ފެށުމަށް ތާވަލުކުރެވިފައިވާ މުހިންމު ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިނޭންސް ހޯދުމާ ގުޅޭގޮތުންނާއި، ސަރުކާރުގެ އިސްތިރާތީޖީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށްޓަކައި ދެފަރާތުގެ އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.

ހަމައެއާއެކު، ރާއްޖޭގެ ތަރައްގީގެ ދަތުރުގައި އަބޫދާބީ ފަންޑުން ޒަމާނުއްސުރެ ފޯރުކޮށްދެމުން އަންނަ އަގުހުރި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެ ފަންޑުގެ ވެރިންނަށް ވަޒީރު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319