logo

އިތުރު 7 އެއަރލައިނަކުން ފަތުރުވެރިން ރާއްޖެގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން: ވަޒީރު އަމީން

profile

މުޙައްމަދު ފަޟްލޫން - 10 ސެޕްޓެމްބަރު 2026 - 11:31

މިއަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް އިތުރު 7 އެއާލައިނަކުން ދަތުރުތައް ފަށާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ބަލްގޭރިއާ، ވިއެޓްނާމް، ރަޝިޔާ، އަރުމީނިއާ، އިތިއޯޕިއާ، ފްރާންސްގެ ފްރެންޗް ބީ އަދި ކުވެއިތުގެ އެއާލައިނަކުން ކަމަށެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އެއާލައިންތަކުގެ ދަތުރުތައް ފެށުމާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

މީގެއިތުރުން، ފާއިތުވި އަހަރާ އަޅާބަލާއިރު މިއަހަރު މިހާތަނަށް ފަތުރުވެރިން އައި މިންވަރު ދަށްވެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަޤްވާމީ ބައެއް އެއާލައިންތަކުގެ ދަތުރުތައް މެދުކެނޑުމާ ގުޅިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ހާލަތުން އަރައިގަތުމަށްޓަކައި، ސަރުކާރާއި މި ދާއިރާގެ ހިއްސާދާރުން ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަންވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުކުރުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޖެޓް ފިއުލްގެ އަގު ހެޔޮކުރުމަށާއި، ހަނގުރާމައިގެ ހާލަތު ދިރާސާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޓީން ވޭތުވެދިޔަ މުއްދަތުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319