logo

އެމްއެމްއޭގެ އައު އޮފީސް ޢިމާރާތް ހުޅުމާލޭގައި ތަރައްގީކުރަނީ

profile

މުޙައްމަދު ފަޟްލޫން - 10 ސެޕްޓެމްބަރު 2026 - 11:30

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އައު އޮފީސް ޢިމާރާތް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

https://wamco.com.mv/

ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢާ ގުޅޭގޮތުން އެމްއެމްއޭއިން ބުނީ، ހުޅުމާލޭގައި އައު ޢިމާރާތެއް އެޅުމަށް ނިންމެވީ ދައުލަތުގެ ހަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބޭންކުތަކަށް ފައިސާ ގެންދިއުމާއި ގެނައުމުގައި ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެންމެ އެކަށޭނަ ގޮތެއްގައި އިންތިޒާމުކުރުމަށް ބޭނުންވާ ޖާގަ ތަނަވަސްކުރުމުގެ ބޭނުމުގައެވެ.

ޖުމްލަ 8،064 އަކަމީޓަރުގެ ސަރަޙައްދެއްގައި ތަރައްގީ ކުރާ މި އިމާރާތުގައި، އިދާރީ މަސައްކަތްތަކަށް ބޭނުންވާ ޖާގައިގެ އިތުރުން، ފައިސާ ގެންގުޅުމާއި ބެލެހެއްޓުމަށް ހާއްސަ ވަސީލަތްތަކާއި، ތަމްރީނު އަދި ކޮންފަރެންސް ހޯލްތަކާއި، މާލީ އިދާރާތަކަށް ހާއްސަ އޮފީސް ޔުނިޓްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެމްއޭއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މި މަޝްރޫއުގެ ޖުމްލަ ހަރަދުގެ 85 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ އަދަދެއް ފައިނޭންސް ކުރަންޖެހެނީ ކޮންޓްރެކްޓަރެވެ. އަދި ބާކީވާ ބައި ހަމަޖައްސާނީ އެމްއެމްއޭ އިންނެވެ.

މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 11 ވަނަ ދުވަހެވެ.

https://wamco.com.mv/
tel:+9607331319