
އެމްޑީޕީގެ ލީގަލް ކައުންސިލް އައިކް އަހްމަދު އީސާ
ސަރުކާރު ހިއްސާވާ ކުންފުނިތައް އޮޕަރޭޓްކުރަނީ ޕީއެންސީގެ ގޮފިތަކެއްގެ ގޮތުގައި: އައިކް

މުޙައްމަދު ފަޟްލޫން - 10 ސެޕްޓެމްބަރު 2026 - 11:32
ސަރުކާރު ހިއްސާވާ ކުންފުނިތައް މިހާރު އޮޕަރޭޓްކުރަނީ ޕީއެންސީގެ ގޮފިތަކެއްގެ ގޮތުގައި ކަމަށް އެމްޑީޕީގެ ލީގަލް ކައުންސިލް އައިކް އަހްމަދު އީސާ ވިދާޅުވެއްޖެއެވެ.
އަސްލު ޓީވީގެ ބާބު ޕްރޮގްރާމްގައި އައިކް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މިއަދު މަސައްކަތެއް ކުރާ މީހަކު ނޫޅޭ ކަމަށާއި ތަނެއް ދޮރެއް ދަންނަ މީހަކު ނޫޅޭ ކަަމަށެވެ.
މަސައްކަތާއި އެކަށޭނެ ތަމްރީނާއި ތަޖުރިބާ އާއި ހުނަރު ހުރި މީހަކު މިހާރު ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގައި ނެތް ކަމަށް އައިކް ވިދާޅުވިއެވެ.
ވަޒީފާތަކުން ސަރުކާރާއި އިދިކޮޅު މީހުން ވަކިކުރަމުންދާ ކަމަށް ބުނަމުންދަނީ ހަަމަ ނަމެއްގައި ނޫންކަމަށް އައިކް ވިދާޅުވިއެވެ.
މިއަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ގިނަ ކެންޑިޑޭޓުން ވާދަކުރި ކަމަށް އައިކް ވިދާޅުވިއެވެ. ޕީއެންސީގެ ކެންޑިޑޭޓުން ލޯކަލް ކައުންސިލްގައި ކުރިމަތިލި އަދަދު އެމްޑީޕީއަށް ވުރެ ގިނަ ކަމަށް އައިކް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި ގިނަ ކެންޑިޑޭޓުންނަކީ ރަށްރަށުގެ އެސްއޯއީ ތަކުގައި ވަޒީފާ އަދާކުރަމުންދިޔަ މީހުން ކަމަށް އައިކް ވިދާޅުވިއެވެ. އެސްއޯއީ ތަކުގެ ގަވާއިދު އޮންނަ ގޮތުން ގައުމީ އިންތިހާބަކަށް ކުރިމަތިލާކަމަށްވާނަމަ އެމީހަކު ދާންޖެހޭނީ ނޯޕޭ ސަސްޕެންޝަނަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޕީއެންސީގެ ސަސްޕެންޝަނަށް ދިޔަ ހުރިހާ އެންމެނަށް ވަޒީފާ ރުޖޫއަކުރި ނަމަވެސް އެމްޑީޕީގެ ފަރާތުން ކުރިމަތިލި ހުރިހާ ކެންޑިޑޭޓުންގެ ތެރެއިން ސަސްޕެންޝަނަށް ދިޔަ ހުރިހާ އެންމެން ވަޒީފާއިން ވަކިކުރި ކަމަށް އައިކް ވިދާޅުވިއެވެެ.
ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީ އިން ކުރިމަތިލި އެސްއޯއީ ތަކުގައި މަސައްކަތްކުރަމުންދިޔަ ސަސްޕެންޝަނަށް ދިޔަ ހުރިހާ މުވައްޒަފުން ވަޒީފާއިން މިހާރު ވަކިކޮށްފައިވާ ކަމަށް އައިކް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ފަތުރުވެރިކަމުގެ ނުނިމިހުރި މަޝްރޫޢުތަކާ ގުޅޭ އައު ގަވާއިދެއް!
ގަޑިއިރެއް ކުރިން

ބަނގުރަލުގެ ވިޔަފާރިކުރި ދެ މީހަކު ހުޅުމާލެއިން އަތުލައިގެންފި
ގަޑިއިރެއް ކުރިން

އިތުރު 7 އެއަރލައިނަކުން ފަތުރުވެރިން ރާއްޖެގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން: ވަޒީރު އަމީން
ގަޑިއިރެއް ކުރިން

އެމްއެމްއޭގެ އައު އޮފީސް ޢިމާރާތް ހުޅުމާލޭގައި ތަރައްގީކުރަނީ
ގަޑިއިރެއް ކުރިން


