
-
ގާތުން ކިރު ދިނުމުގެ ފައިދާ!

ޙުސައިން ފަޒީލް - 31 މޭ 2023 - 06:09
ގާތުން ކިރު ދިނުމަކީ މައިމީހާ އާއި ދަރިފުޅަށް އޭގެ ފައިދާ ކުރާނޭ ކަމެކެވެ. ގާތުން ކިރު ދިނުމުން ތުއްތު ދަރިފުޅަށް ވަރަށް ގިނަ ފައިދާތައް ލިބެއެވެ. ގާތުން ކިރުދޭ މައިންނާއި ދަރިންނާއި ދެމެދު ލޯބީގެ ޚާއްޞަގުޅުމެއް އުފެދެއެވެ. މި ގޮތުން ނަފްސާނީ ގޮތުން ދެމައިންގެ ގުޅުން ބަދަހި ވުމަށް މަގުފަހި ކޮށްދެއެވެ. މައިމީޙިގެ ކިރުގައި ދަރިފުޅަށް ބޭނުންވާ ހުރިހާ މާއްދާއް ހުރެއެވެ. މިގޮތުން ދަރިފުޅަށް އެންމެ ފުރަތަމަ ލިބޭ ކިރުފޮދަކީވެސް އެދަރިފުޅުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް ބަލިތަކުން ދުރުކޮށްދޭ އެއްޗެކެވެ. ގާތުން ކިރުދޭ ކުދީންގެ ދިފާއީ ނިޒާމު ފޯމިއުލާ ކިރު ދޭކުދިންނަށް ވުރެ ރަނގަޅުކަމަށް ދިރާސާތަކުން ދައްކައެވެ. މިގޮތުން އެކުދީން ހަކުރު ބައްޔާއި ބަރުދަން އިތުރުވުމާއި އެލާޖީއިން ރައްކާތެރި ކޮށްދެއެވެ.
ގާތުން ދިނުމަކީ ވިހެއުމުގެ ދޭތެރެ ދުރުވާ ޠަބީއީ ވަސީލަތެކެވެ. މި ކަމުގެ ސަބަބުން ދަރިފުޅަށް އަޅާލާނެ ވަގުތު ލިބިމުގައި ފަސޭހަވެއެވެ. ގާތުން ކިރުދޭ ދުވަސްވަރު ބަލިވެއިނުމުން ދުރުވެ ތިބުމަށް ނަބިއްޔާ މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވައިފައިވަނީ މައިމީހާގެ ބެލުމުގެ ދަށުގައި ހުުންނަ ދަރިފުޅަށް އަޅާލުމާއި އެހީތެރިކަން ލިބިދިނުމަށެވެ. މައިމީހާގެ ގާތުން ދަރުފުޅަށް ލިބޭ ކިރަކީ އެންމެ މޮޅުކާނާއެވެ. ފެން ހޫނުކުރާކަށް ބުއްފުޅި ހަދާކަށް ނުޖެހެއެވެ. އަދި ފައިސާނެތިގެން ކިރުދަޅު ނުގަނެވި ބުއްފުޅި ނުހެދިދައި ހުއްނާކަށްވެސް ނުޖެހެއެވެ.
ގާތުން ދިނުމުން ތިމާގެ ހަށިގަނޑު ހުތުރުވެ ފަލަވާކަމަށް ހީވާ ހީވުމަކީ ވަސްވާހެކެވެ. ގާތުން ދިނަސް ސިއްޙީ ރަނގަޅު އާދަތަކުގައި ހިފާނަމަ އެކަމުގެ ސަބަބުން ހަށިގަނޑަށް ނުބައި އަސަރެއްނުކުރާނެވެ. މުހިންމީ މައިމީހާގެ ކެއުމުގައި ކިރުގެ ބާވަތްތަކާއި ތަރުކާރީ އާއި މޭވާ ހިމަނާލުމެވެ. ގާތުން ދޭ މައިން ނަފްސާނީ ބަލިތަކުން ދުރުވުމަށް އެހީތެރިވެދެއެވެ. ދަރިފުޅާއެކު ކުރަންޖެހޭ ތަފާތު ތަޖުރިބާތަކުގެ ސަބަބުން ކެތްތެރިވާން ދަސްވެއެވެ. އަދި ދުނިޔެއަށް ތިމާގެ ލޯހުޅުވި ދިރިއުޅުން ފަސޭހަވެގެންދެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން