
130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

މުޙައްމަދު ފަޟްލޫން - 07 ޑިސެމްބަރު 2025 - 08:14
130 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލަ ހައިކޯޓްގައި އިސްތިއުނާފްކޮށްފިއެވެ.
2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކަންނެލި ދޯންޏެއްގައި ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ގއ. ވިލިނގިލި ލައިޓްހައުސް، ޝަހީބް އިބްރާހީމް އޭނާގެ އުމުރުދުވަހުގެ ޖަލު ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފްކޮށްފައެވެ.
މި މައްސަލަ ޝަހީބްގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފް ކުރުމަށް ހުށަހެޅި ނަމަވެސް މައްސަލަ އާއި މެދު ރަޖިސްޓްރާ އަދި ގޮތެއް ނުނިންމައެވެ.
ޝަހީބާއި އަހްމަދު މޫސާގެ އިތުރުން އެ މައްސަލައިގައި ދެން ހުކުމް އިއްވީ ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު އާއި ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން އަދި ބަންގްލަދޭޝްގެ އިގުބާލާއި އެ ގައުމަށް ނިސްބަތްވާ މުހައްމަދު ރިޔާދުގެ މައްޗަށެވެ.
އެ މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ވެސް ދައުވާ އުފުލިއެވެ. ނަމަވެސް، ޖުވެނައިލް ކޯޓުން އެ ކުއްޖާގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ޝަހީބާއި އަހުމަދު މޫސާގެ މައްޗަށް އުފުލާފައި ވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދެ ދައުވާއަކާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ދައުވާއެކެވެ.
އެ މައްސަލައިގެ އަޑުއެހުމަށް ކޯޓަށް ހާޒިރު ނުވުމަށް ޝަހީބު އުޅުނީ ފިލައިގެންނެވެ.
ޝަހީބު ފުލުސް އޮފީހަށް ދިޔައީ އޭނާގެ އަންހެނުން ހައްޔަރުކުރުމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ނަހަމަގޮތުގައި ކާޑުލިމިޓްގެ ބޭނުން އެބަކުރޭ، ހަރުކަށި ފިޔަވަޅުތަަކެއް އަޅަންޖެހިދާނެ: ބީއެމްއެލް
ގަޑިއިރެއް ކުރިން

55 ކައުންސިލް ޢިމާރާތުގެ މަޝްރޫޢު ޖޫނަށް ނިމޭނެ: މިނިސްޓަރ
ގަޑިއިރެއް ކުރިން

އެސްޑީއެފް އަށް ފައިސާ ޖަމާކުރުން އިތުރު، 2.4 ބިލިއަން ރުފިޔާ ޖަމާކޮށްފި
2 ގަޑިއިރު ކުރިން

ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމުގެ ހާއްސަ އޮޕަރޭޝަނެއް
4 ގަޑިއިރު ކުރިން


