logo

ދިރާސީ އައު އަހަރަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ފޮނުވަން ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 07 ޑިސެމްބަރު 2025 - 08:20

އަންނަ ދިރާސީ އާ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.

https://wamco.com.mv/

ދިރާސީ އަހަރު ފެށުމުގެ ކުރިން ހުރިހާ ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފުރިހަމައަށް ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، ދުރާލާ ސްކޫލްތަކާއި މިނިސްޓްރީ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އަމާޒަކީ ސްކޫލު ހުޅުވުމުގެ ކުރިން ހުރިހައި ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކޮށް ނިންމާލުން ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ހުރިހައި ރަށެއްގެ ސްކޫލުތަކަށް ޓީޗަރުން ހަމަކުރުމުގެ މަސައްކަތް ވެސް ދުރާލައި ކުރަމުން އަންނަ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިނގަމުންދާ ދިރާސީ އަހަރުގެ ކިޔެވުން ނިމި، އަހަރުގެ ބޮޑު ޗުއްޓީ ފެށޭނީ މި ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ޗުއްޓީ ނިންމުމަށް ފަހު އަންނަ ދިރާސީ އަހަރު ފެށޭނީ ޖެނުއަރީ މަހުގެ 27ވަނަ ދުވަހުއެވެ.

އަންނަ އަހަރުގެ ފުރަތަމަ ޓާމްގެ މިޑް ބްރޭކް މެއި މަހުގެ 24 އިން 30 ހަށް ލިބޭއިރު ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި މަހުގެ 17އިން އޯގަސްޓު މަހުގެ 1 އަށް ކަމަށް އަންނަ އަހަރަށް ކަނޑައަޅާފައިވާ އެކަޑެމިކް ކަލަންޑަރުގައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay