
ތިނަދޫ ސިޓީއަށް ބޯކޮށް ވާރޭވެހި, ގެއްލުންތަކެއްވެއްޖެ

ޝަހްޒާ މުޙައްމަދު - 07 ޑިސެމްބަރު 2025 - 07:52
ތިނަދޫ ސިޓީއަށް ބޯކޮށް ވާރޭވެހި، ގެތަކަށް ފެން ވަދެ، ގެއްލުންތަކެއްވެއްޖެއެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ބުނެފައިވާގޮތުގައި، ރެއިން ފެށިގެން މިއަދު ހެނދުނު 8:30 އާ ހަމައަށް ބޯކޮށް ވާރޭވެހި، ގެތަކަށް ފެން ވަދެ ބައެއް ގެތަކުން ކަރަންޓު ކެނޑުނުކަމަށް ތިނަދޫ ސިޓީން ވަނީ އެ އޮތޯރިޓީއަށް ރިޕޯޓްކޮށްފައެވެ. ނަމަވެސް މިހާރު ވާރޭ ހުއްޓާލާފައިވާކަމަށާއި ގެއަކުން މީހުން ބަދަލުކުރަންޖެހޭ ހާލަތެއް ދިމާވެފައިނުވާކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެެވެ.
ފުލުހުންނާއި އެމްއެންޑީއެފާއި އާންމު ރައްޔިތުން ގުޅިގެން ވަނީ ފެންހިންދުމުގެ މަސައްކަތްކޮށްފައެވެ.
މެޓްއޮފީހުގެ ގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވިއްސާރަކޮށްފައިވަނީ ގދ. އަތޮޅުގެ ރަށްރަށަށެވެ. މެޓް އޮފީހުން ލަފާކުރާގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު، އުތުރާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ނަހަމަގޮތުގައި ކާޑުލިމިޓްގެ ބޭނުން އެބަކުރޭ، ހަރުކަށި ފިޔަވަޅުތަަކެއް އަޅަންޖެހިދާނެ: ބީއެމްއެލް
ގަޑިއިރެއް ކުރިން

55 ކައުންސިލް ޢިމާރާތުގެ މަޝްރޫޢު ޖޫނަށް ނިމޭނެ: މިނިސްޓަރ
ގަޑިއިރެއް ކުރިން

އެސްޑީއެފް އަށް ފައިސާ ޖަމާކުރުން އިތުރު، 2.4 ބިލިއަން ރުފިޔާ ޖަމާކޮށްފި
2 ގަޑިއިރު ކުރިން

ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމުގެ ހާއްސަ އޮޕަރޭޝަނެއް
4 ގަޑިއިރު ކުރިން


