
ދުނިޔޭގެ އެންމެ މަގްބޫލް މަންޒިލްގެ އެވޯޑް 6 ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ

މުޙައްމަދު ފަޟްލޫން - 07 ޑިސެމްބަރު 2025 - 09:43
ދުނިޔޭގެ އެންމެ މަގްބޫލް މަންޒިލްގެ އެވޯޑް 6 ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ.
ދުނިޔޭގެ އެންމެ މަގްބޫލް މަންޒިލްގެ އެވޯޑް ރާއްޖެއަށް ލިބިފައިވަނީ ބަހްރޭންގައި ބޭއްވި 32 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސް ހަފްލާގައެވެ.
ރާއްޖެއަށް އެ ވޯޑް ލިބިފައިވަނީ ދުނިޔޭގެ ގިނަ ގައުމުތަކާއި ވާދަކޮށް ކުރި ހޯދައިގެންނެވެ.
ވޯލްޑް ޓްރެވަލް އެވޯޑްގައި ރާއްޖެއަށް ލިބުނު އިތުރު އެވޯޑްތަކުގެ ތެރޭގައި
ވޯލްޑް ލީޑިންގ ޕްރައިވެޓް އައިލެންޑް ރިސޯޓް / ވައްކަރު މޯލްޑިވްސް
ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑް
ވޯލްޑް ލީޑިންގ ވޯޓަރ ވިލާ ރިސޯޓް / އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
ވޯލްޑް ލީޑިންގ އެއާޕޯޓް ރިސޯޓް އެވޯޑް / ހުޅުލޭ އައިލެންޑް ހޮޓެލް
ވޯލްޑް ލީޑިންގ ލަގްޒަރީ ޕްރައިވެޓް އައިލެންޑް ރިސޯޓް / ވޯލްޑޯފް އެސްޓޯރިއާ، އިތާފުށި
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖެއަށް ވަނީ 2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.
މިހާތަނަށް ރާއްޖެއަށް ވަނީ 2.04 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ބާއްވަމުންގެންދާ ހަފްލާއެކެވެ.
ގުޅުން ހުރި ޙަބަރުތައް

ގޭހާއި ތެޔޮ އަދި ކާބޯތަކެތި ހުސްނުވެ ލިބޭނެކަން ޔަގީންކުރެވެންވާނެ: ފައިސަލް ނަސީމް
4 ގަޑިއިރު ކުރިން

އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ 5 މީހުން މަރުވުން، ވިސްނާލުން މުހިއްމު ކަމެއް !
ދުވަހެއް ކުރިން

އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް މަރުވި މައްސަލަ އެޗްއާރުސީއެމްގެ ސަމާލުކަމަށް!
ދުވަހެއް ކުރިން

މަސްތުވާތަކެތީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ދުވަހެއް ކުރިން


.gif&w=3840&q=75)