logo

އިގްތިސާދީ މަޝްރޫއުތަކަށް ފައިސާ ހޯދަން ޗައިނާގެ އެގްޒިމް ބެންކާ މަޝްވަރާކޮށްފި

profile

ޝުރުފާ މުހަންމަދު - 23 ޖުލައި 2024 - 13:50

ރާއްޖެއިން ޗައިނާއަށް ވަޑައިގެންނެވި ވަފުދު އެގްޒިމް ބެންކާއި އެކު ބޭއްވި ބައްދަލުވުން----

ރާއްޖެއިން ޗައިނާއަށް ވަޑައިގެންނެވި ވަފުދު އެގްޒިމް ބެންކާއި އެކު ބޭއްވި ބައްދަލުވުން----

ރާއްޖޭގައި ހިންގާ އިގްތިސާދީ އެކި މަޝްރޫއުތަކަށް ފައިސާ ހޯދަން، ޗައިނާގެ އިމްޕޯޓް އެކްސްޕޯޓް (އެގްޒިމް) ބެންކާއި އެކު ދިވެހި ސަރުކާރުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ބާއްވާފައި ވަނީ ފޮރިން މިނިސްޓަރ މޫސާ ޒަމީރު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި މިނިސްޓަރާއި އެކު ފިނޭންސް މިނިސްޓަރ ޑރ. މުހަންމަދު ޝަފީގާއި، ކޮންސްޓަކްޝަން މިނިސްޓަރ ޑރ. އަބްުﷲ މުއްތަލިބްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ދަތުރުފުޅުގައި ރާއްޖޭގެ ޓީމުން ވަނީ ޗައިނާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކުގެ ޗެއަރމަން ވޫ ފުލިންއާ ބައްދަލުކުރައްވާފައެވެ. އަދި ރާއްޖޭގެއިގްތިސާދީ ހާލަތާއި، މާލީ ހާލަތު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ ސިޔާސަތުތައް ވެސް ހިއްސާކުރެއްވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ގިނަ އިގްތިސާދީ މަޝްރޫއުތަކެއް ރާވާފައި ހުރިކަން ފާހަގަކުރައްވާ އެ މަޝްރޫއުތަކަށް ފައިނޭންސް ކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެ އެވެ.

ފޮރިންގ މިނިސްޓަރގެ މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ވެސް ބާއްވާފައި ވެއެވެ. އެ ބައްދަލުވުން ބޭއްވި އިއްޔެ އެ ގައުމުގެ ޚާރިޖީ ވަޒީރާ އެކުގަ އެވެ. މީގެ އިތުރަށް އެ ގައުމުގެ އެކި ވިޔަފާރިވެރިންނާ ވެސް ބައްދަލުކޮށްފައިވާއިރު، މިނިސްޓަރގެ މި ދަތުރުފުޅު ނިންމަވާލައްވާނީ މާދަމާ އެވެ.

tel:+9607331319