logo

ކަރެކްޝަންސްގެ 18 މުވައްޒަފެއްގެ އެކައުންޓަށް 73 މިލިއަނަށްވުރެ ގިނަ ރުފިޔާ!

profile

އައިޝަތު އިނާޝާ - 28 ޖޫން 2024 - 13:41

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ޝަރީފް

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ޝަރީފް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 18 މުވައްޒަފެއްގެ އެކައުންޓަށް 73 މިލިއަނަށް ވުރެ ގިނަ ފައިސާ ޖަމާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ޝަރީފް ވިދާޅުވީ، ޖަލުން ތަކުރާރުކޮށް ފޯނުތަކާ މަސްތުވާތަކެތި ފެންނަމުންދާ މައްސަލައާ ގުޅިގެން ކުރެވުނު ތަހުގީގަށް އެފަދަ އަމަލުތަކުގައި، ކަރެކްޝަންގެ 18 މުވައްޒަފަކު ހިމެނޭކަމަށެވެ. ވިދާޅުވީ އެފަރާތްތަކުގެ އެކައުންޓަށް އާދަޔާ ހިލާފަށް ފައިސާ ޖަމާވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ބައެއް މުވައްޒަފުންގެ އެކައުންޓަށް 24 މިލިއަނުން ފައިސާ ޖަމާވެފައި އެބަހުރި ކަމަށް ވިދާޅުވިއެވެ. އަބްދުﷲ ޝަރީފް ވިދާޅުވީ މިހާހިސާބަށް ކުރެވުނު ތަހުގީގުން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް މި 18 މުވައްޒަފުންގެ އެކައުންޓަށް 73 މިލިއަން 6 ލައްކަ ރުފިޔާ ޖަމާވެފައިވާ ކަމަށެވެ

އަޅުގަނޑުމެން އިތުރަށް ބެލި ބެލުމުން ފާހަގަ ކުރެވުނީ މި ފައިސާ މި އެކައުންޓުތަކަށް ޖަމާވެފައި ހުރީ ޖަލުގައި މިހާރު ހައްޔަރުގައި ތިބި އަދި ކުރިން ވެސް ހައްޔަރުގައި ތިބި ގައިދީންގެ ފަރާތުން އެމީހުންގެ އެކައުންޓުގައި ހުރި ފައިސާއިންނާއި އަދި ކުށުގެ މާހައުލުގައި ހަރާކާތްތެރިވާ ފާރާތްތަކުން މި މުވައްޒަފުންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާ ކޮށްފައި ހުރިކަން ފާހަގަ ކުރެވުނު. އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

އެސިސްޓެންޓް ކޮމިޝަނަރ ވިދާޅުވީ މިމައުލޫމާތު ލިބުމާއެކު މިހާރުވަނީ މާފުށީ ޖަލުގައި އޮޕަރޭޝަނެއް ފަށާފައި ކަމަށާއި މިހާތަނަށް ބައެއް މުވައްޒަފުންވެސް ހައްޔަރުކޮށްފައި ކަމަށެވެ. ވިދާޅުވީ އެ ފައިސާ އެ މުވައްޒަފުންގެ އެކައުންޓަށް ޖަމާކޮށްދިން ފަރާތްތަކަކީ ކޮބައިތޯ ބަލާ އެފަރާތްތަކާ މެދުވެސް ފިޔަވަޅު އަޅާނެ ކަމަށާއި އަދި މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު ތަހުގީގު ކުރިޔަށްދާ ވަރަކުން ހާމަކުރާނެ ކަމަށެވެ.

https://int.etukuri.mv/
tel:+9607331319