logo

ކްލަބް މޯލްޑިވްސް ފުޓްސަލް މުުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބަށް

profile

އައިޝަތު އިނާޝާ - 23 ސެޕްޓެމްބަރު 2024 - 17:15

ފޮޓޯ: ޕޮލިސް

ފޮޓޯ: ޕޮލިސް

ކުލަބު މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުގެ އަންހެން ފުޓްސަލް ޓީމު ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދީ ސެޕްޓެންބަރު 22 ވަނަ ދުވަހު ކުޅުނު ފައިނަލް މެޗުގައި އެމްޕީއެލްއާ ވާދަކޮށް 8-3 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްގެންނެވެ.

މިމެޗުގައި ޕޮލިސް ކުލަބަށް ލަނޑުތައް ޖަހައިދިނީ ތިން ލަނޑު ޖަހައި ހެޓްރިކް ހެދި ރާނިޔާ އިބްރާހިމް އާއި ދެލަނޑު ޖެހި މަރިޔަމް ރިފާގެ އިތުރުން އައިޝަތު ރަވީނާ އާއި ނީޝާ ސަމީރުއެވެ.

އެމްޕީއެލްގެ ތިން ލަނޑު އެޓީމަށް ޖަހައިދިނީ ދެ ލަނޑު ޖެހި އައިމިނަތު ޝާމިލާގެ އިތުރުން ފާތިމަތު ޖޫޒަން ޒަރީރުއެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބުގެ ރާނިޔާ އިބްރާހިމްއެވެ.

ފޮޓޯ: ޕޮލިސް

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޕޮލިސް ކުލަބުގެ ފާތިމަތު ތީބާ އާއި މަރިޔަމް ރިފާ އާއި ޕޮލިސް ކުލަބު ކީޕަރު އަދި ކެޕްޓަން އައިމިނަތު ލީޒާގެ އިތުރުން ފާތިމަތު ސާއިނާ އާއި އެމްޕީއެލްގެ ބިދޭސީ ކުޅުންތެރިޔާ މިރްޒޮއެވާ ކަރިނާއެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ޕޮލިސް ކުލަބުގެ މަރިޔަމް ރިފާއެވެ. ރިފާ ވަނީ މި މުބާރާތުގައި ޖުމްލަ 17 ލަނޑު ޖަހާފައެވެ.

މިއީ ޕޮލިސް ކުލަބުން 18/30 ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މީގެކުރިން ގިނަ އަހަރުތަކެއްގެ ފައިނަލުގައި ޕޮލިސް ކުލަބުން ވާދަކޮށްފައިވެއެވެ.

https://wamco.com.mv/
tel:+9607331319