logo

އެމްއެމްޕީއާރުސީ ހިންގުން ބައްސާމްއާ ހަވާލުކޮށްފި

profile

އަހުމަދު ޒަލީފު - 23 މޭ 2024 - 19:51

އެމްއެމްޕީއާރުަސީގެ ޑީއެމްޑީ ބައްސާމް

އެމްއެމްޕީއާރުަސީގެ ޑީއެމްޑީ ބައްސާމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިންގުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ބައްސާމު އާދަމްއާ ހަވާލުކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ބުނީ ބައްސާމް އާ ކުންފުނީގެ ހިންގުން ހަވާލުކުރީ ވަގުތީ ގޮތުން ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިންގުން ބައްސާމްއާ ހަވާލުކުރިއިރު، އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަައިޝާ ނޫރައިން ނަޖާހު ވަނީ އަންގާރަ ދުވަހުގެ ރޭ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އަދި އިއްޔެ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން ފާތިމަތު ތައުފީގު (ކުޑީ) ވަނީ މަގާމުން ވަކިކޮށްފަ އެވެ.

މީގެއިތުރުން އެ ކުންފުނީގެ ބޯޑު މެމްބަރު ރާފިލް މުހައްމަދު ވެސް ވަނީ އިއްޔެ މަގާމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

https://int.etukuri.mv/
tel:+9607331319