logo
—

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން!

profile

އިސްމާއިލް ފާރިޝް - 22 އޭޕްރީލު 2023 - 15:49

މިއަހަރުގެ ފުރަތަމަ 4 މަސްދުވަސް ނިމުމުގެ ކުރިން ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

https://wamco.com.mv/

ފަތުރުވެރުކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު މަހެއްގެ މައްޗަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ.

އެގޮތުން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 626،392 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %18.8 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 527،366 ފަތުރުވެރިންނެވެ.

މިމަހުގެ ފުރަތަމަ 19 ދުވަހު ވަނީ 102،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ.

މިދިޔަ އަހަރު ރާއްޖެއަށް 2 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމެއްގެ ގޮތުގައި ރަޝިއާ އޮތްނަމަވެސް މި އަހަރު އެ ޤައުމު ހިމެނެނީ ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ. އެގައުމުން މިހާތަނަށް 75،594 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރާތް ކޮށްފައެވެ.

މިއަހަރު ދެން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއާއި އިނގިރޭސިވިލާތުންނެވެ. އެގޮތުން އިންޑިއާއިން މިހާތަނަށް 66،630 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާއިރު އިނގިރޭސިވިލާތުން މިއަހަރުގެ މިހާތަނަށް 61،464 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރާތް ކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay