logo
ޔޫތު މިނިސްޓްރީން ވަނީ ގދ. ތިނަދޫގައި ހޭންޑްބޯލް ކޯޓެއް ތަރައްޤީކޮށްފައި --  ފޮޓޯ| ޔޫތު މިނިސްޓްރީ

ޔޫތު މިނިސްޓްރީން ވަނީ ގދ. ތިނަދޫގައި ހޭންޑްބޯލް ކޯޓެއް ތަރައްޤީކޮށްފައި -- ފޮޓޯ| ޔޫތު މިނިސްޓްރީ

ތިނަދޫ ހޭންޑްބޯލް ކޯޓުގެ މަސައްކަތް ނިންމާލައިފި

profile

މުޙައްމަދު މުއައްވަޒު - 13 އޭޕްރީލު 2023 - 23:20

ޔޫތު މިނިސްޓްރީން ގދ. ތިނަދޫގައި ތަރައްޤީކުރި އައުޓްޑޯރ ހޭންޑްބޯލް ކޯޓުގެ މަސައްކަތް ނިންމާލައިފި އެވެ.

https://wamco.com.mv/

ތިނަދޫގައި ތަރައްޤީކުރެވުނު ހޭންޑްބޯލް ކޯޓަކީ މާލެ ފިޔަވައި ރާއްޖެތެރޭ ރަށެއްގައި ގާއިމްކުރެވުނު ފުރަތަމަ އައުޓްޑޯރ ހޭންޑްބޯލް ކޯޓެވެ.

ޔޫތު މިނިސްޓަރ އަހުމަދު މަޙްލޫފް ވިދާޅުވީ، ރާއްޖެތެރޭ ރަށެއްގައި ތަރައްޤީކުރެވުނު ފުރަތަމަ އައުޓްޑޯރ ހޭންޑްބޯލް ކޯޓުގެ މަސައްކަތް ނިންމާ ތިނަދޫ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.

ރައީސް ސޯލިހު ވަނީ ކުޅިވަރަށް އިންގިލާބީ ބަދަލެއް ގެނެސްދެއްވާފައި - މަޙްލޫފް

ތިނަދޫގައި ހޭންޑްބޯލް ކޯޓު ތަރައްޤީކޮށްފައިވަނީ ޑީއެމްއެން ކޮމްޕެނީއާ ހަވާލުކޮށްގެންނެވެ.

2022ވަނަ އަހަރު ސެޕްޓެމްބަރު މަހު 8 ވަނަ ދުވަހު މި މަސައްކަތް ޑީއެމްއެންއާ ހަވާލުކޮށްފައިވަނީ 1.2 މިލިއަން ރުފިޔާއަށެވެ.

https://wamco.com.mv/
https://www.aslu.com.mv