logo
FB_IMG_1678970580641.jpeg

FB_IMG_1678970580641.jpeg

ސައުދީ އަރަބިއްޔާއިން ލަންކާއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

profile

އިސްމާއިލް ފާރިޝް - 16 މާރިޗު 2023 - 15:20

ސައުދީ އަރަބިއްޔާގެ ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުން ސްރީލަންކާއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި އެވެ.

https://wamco.com.mv/

ސަޢޫދީ ޢަރަބިއްޔާއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޚާލިދު ހަމޫދު އަލްކަހްތާނީ ވަނީ ބުރާސްފަތި ދުވަހު ކޮލަމްބޯގައި ހުންނަ ސަޢޫދީ ޢަރަބިއްޔާގެ އެމްބަސީގައި ބޭއްވެވި ރަސްމިއްޔާތެއްގައި ބުދުޝާސަނާގެ މިނިސްޓަރ އޮނަރަބަލް ވިދުރާ ވިކްރަމަނަޔަކައަށް ކަދުރުގެ މި ޝިޕްމަންޓް ރަސްމީކޮށް ޙަވާލުކުރައްވާފައެވެ.

މި ކަނދުރު ޝިޕްމެންޓާއި ހަވާލުވުމަށްފަހު ލަންކާގެ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ސްރީލަންކާގެ މިނިސްޓަރ އޮފް ރިލިޖަސް އެފެއާޒް، ސަޢޫދީ ޢަރަބިއްޔާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

މި ހަދިޔާ އަކީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދާއި ވަލީ އަހުދު ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެ ހާލުގައި ޖެހިފައިވާ އާއިލާތަކާ ހަމައަށް ވާސިލުވުމުގެ މަގުސަދުގައި، ރަހުމަތްތެރި އެތައް ގައުމަކަށް ދެއްވި ޕްރޮގްރާމްތަކުގެ ތެރެއިން ދޭ ހަދިޔާއެކެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay