logo

ހަކަތަ އުފެއްދުމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިންވެސްޓު ކުރަން ރައީސްގެ ދައުވަތު

profile

ޝުރުފާ މުހަންމަދު - 26 ސެޕްޓެމްބަރު 2024 - 00:33

ސަމިޓް އޮފް ދަ ފިއުޗާ ހުޅުވުމުގެ ރަސްމިއްުޔާތުގައި ރައީސް ވާހަކަދައްކަަވަނީ

ސަމިޓް އޮފް ދަ ފިއުޗާ ހުޅުވުމުގެ ރަސްމިއްުޔާތުގައި ރައީސް ވާހަކަދައްކަަވަނީ

އިއަދަކުރަނިވި ހަކަތަ އުފެއްދުމަށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިންވެސްޓުކުރުމުގެ ދައުވަތު ބައިނަލްއަގުވާމީ އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު އަރުވައިފި އެވެ.

އދ ގެ 79 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި މިރޭ ކުރިއަށްދިޔަ ރިނުއުއަބަލް އެނަރޖީ އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވަނީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ މިހާރު އޮތް ހާލަތު ވަރަށް ތަފްސީލީ ގޮތެއްގައި ކިޔާދެއްވާފަ އެވެ. 1989 ވަނަ އަހަރު އަލަށް ރާއްޖެއިން ކަނޑުގެ ލޮނުގަނޑު އުފުލޭ ވާހަކަ މިފަދަ ޕްލެޓްފޯމެއްގައި ދެއްކިކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އޭގެ ފަހުން މިހާރު 30 އަހަރު ވާއިރު މިހާރުގެ ހާލަތު އެއަށް ވުރެ އެތައް ތަނެއް ގޯސް ކަމަށެވެ. އެގޮތުން އައިޕީސީސީގެ ރިޕޯޓްތައް ދައްކާގޮތުން ވެސް ކްލައިމެޓް ޗޭންޗް ހުއްޓުވުމަށް އަވަސް ފިޔަވަޅުތައް އެޅުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެހެންވީމާ، 2028 ވަނަ އަހަރާ ހަމައަށް އަންނައިރު، ރާއްޖޭގެ ކަރަންޓުގެ ޑިމާންޑުގެ 33 އިންސައްތަ އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި، އަޅުގަނޑުގެ ސަރުކާރުން ވަރަށް އުއްމީދީ މަސައްކަތެއް ވާނީ ފަށާފައި. އަޅުގަނޑު މިދިޔަ އަހަރު ކޮޕް28ގައި މިކަން އިއުލާނު ކުރިއިރު، ރާއްޖޭގައި އިންސްޓޯލްކުރެވިފައިވާ އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ ހުރީ އެންމެ 53 މެގަވޮޓްގައި. މިއަދު އިއާދަކުރަނިވި ހަކަތައިގެ ޖުމްލަ ކެޕޭސިޓީ ވަނީ 68 މެގަވޮޓަށް އިތުރުވެފަ

އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރުކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކާއި އޭގެ ކާމިޔާބީތައް ވަރަށް ފަޚުރުވެރިކަމާއި އެކު ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ވަށައިގެންވާ ސަރަހައްދުގެ 90 އިންސައްތަ އަކީ ކަނޑުގެ ސަރަހައްދު ކަމަށެވެ. އަދި މިހާރު ބޭނުންވަނީ ހަކަތަ އުފައްދަން ކަނޑުގެ ސަރަހައްދު ބޭނުންކުރެވިދާނެ ގޮތްތައް ބަލާ އެ މަގުން މަސައްކަތް ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ ތެރޭގައި އޯޝަން ކަރަންޓް އެނާޖީ، ވޭވް އެނާޖީ އަދި އޯޝަން ތާމަލް އެނާޖީ ކޮންވާޝަން ފަދަ ޓެކްނޮލޮޖީތައް ބޭނުންކުރުން ހިމެނޭނެ ކަމަށާއި، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރާއްޖެ އަށް ޒިޔާރާތްކޮށް މިދާއިރާތަކުންރާއްޖޭގައި އިންވެސްޓްކުރުމަށް ދައުވަތު އަރުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް އިންވެސްޓްކުރަން އަޅުގަނޑުމެން ދައުވަތު އަރުވަން" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ރާއްޖެއިން އިއާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށް މަގުޗާޓެއް އެކުލަވާލާފައިވާނެކަން ރައީސް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ސޯލާ، ވިންޑް އަދި އިއާދަކުރަނިވި އެހެނިހެން ވަސީލަތްތަކަށް އިންވެސްޓްކުރުމުގެ އިތުރުން ހަކަތައިގެ އެފިޝަންސީ ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އަދި ސޯލާ ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް، އިމްޕޯޓްކުރާ ފޮސިލް ފިއުލްއަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން ގިނަ ރަށްތަކެއްގައި ސޯލާ ފޮޓޯވޯލްޓައިކް ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ތެޔޮ އެތެރެކުރުމަށް 65 މިލިއަނަށްވުރެ ގިނަ ޑޮލަރު ޚަރަދުކޮށްފައިވެއެވެ. ކޮންމެ އަހަރަކުވެސް، އަޅުގަނޑުމެންގެ ޖީޑީޕީގެ ގާތްގަނޑަކަށް 10 އިންސައްތަ ތެލަށް އަޅުގަނޑުމެން ޚަރަދުކުރަންނީ އެކަމަށް

އިއާދަކުރަނިވި ކަހަތަ ބޭނުންކުރުމުގައި ރާއްޖޭގެ އަމާޒަށް ވާސިލްވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އައްޑޫސިޓީގައި ވޭސްޓް ޓު އެނަރޖީ ސިސްޓަމެއް ގާއިމްކޮށްފައިވާ ކަމާއި، ތިލަފުށީގައި އިތުރު 13 މެގަވޮޓްގެ ވޭސްޓް އެނަރޖީ ސިސްޓަމެއް ޤާއިމްކުރުމުގެ މަސައްކަތްކުރަމުން އަންނަކަން ވެސް އދ ގެ އެކުވެރި ގައުމުތަކަށް އެމަނިކުފާނު އިއުލާންކުރެއްވި އެވެ. އަދި އިއާދަކުރަނިވި ހަކަތައިން އުފައްދާ ދަތުރުފަތުރުގެ ނިޒާމުތައް ރާއްޖޭގައި ތަރައްޤީކުރުމަށް އިސްކަންދީގެން، ކާބަން މަދު ދަތުރުފަތުރުގެ ނިޒާމުތައް ޤާއިމުކުރުމުގެ ޕްލޭންތައް ވެސް އެކުލަވާލާފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރަށް އަދި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ ކަރަންޓުގެ 35 އިންސައްތަ އިއާދަކުރަނިވި ވަސީލަތްތަކުން، ޚާއްޞަކޮށް ޕްރޮސެސިންގ ދާއިރާއަށް އަމާޒުކޮށްގެން ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ފުއްދައިދިނުމަށް ވަރަށް ބޮޑު އަމާޒެއް ކަނޑައަޅާފައިވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.

އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރުތައް ތެރޭގައި ރާއްޖެއިން ކެނޑިނޭޅިމިކަމުގައި ވަކާލާތުކޮށް އަޑު އުފުލަމުން ދިޔަ ނަމަވެސް، ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކްލައިމެޓް ޗޭންޖް ހުއްޓުވުމަށް ނުވަތަ މި ހާލަތު ބަދަލުކުރުމަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތްކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ދުނިޔޭގެ ހުރިހާ ގައުމުތަކުން ވެސް އެކުގައި މި މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުކޮށް މިހާލަތުން އަރައިނުގަނެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

https://wamco.com.mv/
tel:+9607331319