
10 ރަށެއްގައި އެގްރޮފޮރެސްޓްރީ ދަނޑުތަކެއް ގާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މުޙައްމަދު ފަޟްލޫން - 02 އޯގަސްޓު 2026 - 12:10
ރާއްޖޭގެ 10 ރަށެއްގައި އެގްރޮފޮރެސްޓްރީ ދަނޑުތަކެއް ގާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއައި ދެމެދުގައެވެ.
މި އެމްއޯޔޫގެ ދަށުން ހޮވާލެވޭ 10 ރަށެއްގައި ގަސްގަހާގެހި އިންދައި، އެ ތަންތަން އެގްރޮފޮރަސްޓްރީ ދަނޑުތަކެއްގެ ގޮތުގައި ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމުގެ ދަށުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން 4 ލައްކަ ގަސް ސަޕްލައިކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން 10 ރަށެއްގައި 10 ނާސަރީ ތަރައްޤީކުރުމަށް މިހާރުވެސް ކައުންސިލްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާކަން ފާހަގަކުރެވެއެވެ.
5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، މިހާތަނަށް 1.8 މިލިއަން ގަސް ވަނީ އިންދިފައެވެ.
އެކި ފަރާތްތަކުން ޖުމްލަ 5.8 މިލިއަން ގަސް އިންދުމަށް ވައުދުވެފައިވާ އިރު، މި މަޝްރޫޢަށް ގަސް ސަޕްލައިކޮށްދިނުމަށް މިހާރުވެސް ދެ ފަރާތަކުން ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢު ނިމިގެންދާއިރު، ރާއްޖޭގެ ރަށްތަކުގެ ފެހިކަން އިތުރުވެ، ދަނޑުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

ތިލަފުށީ ޕޯޓް މަޝްރޫޢާ ގުޅޭގޮތުން އެމްޕީއެލް އިން ވިޔަފާރިވެރިންނާ މަޝްވަރާކޮށްފި
3 ގަޑިއިރު ކުރިން

އިކޮނޮމިކް މިނިސްޓަރ ސައީދު މަގާމުން ވަކިކުރަން އެމްޑީޕީއިން މަޖިލީހަށް ހުށަހަޅައިފި
7 ގަޑިއިރު ކުރިން

ޕޯސްޓްމޯޓަމް ހަދަން ބޭނުންވާ ފެސިލިޓީ ގާއިމްކުރަން ބިން ހަމަޖައްސައިދީފި
7 ގަޑިއިރު ކުރިން

ދަތިވެއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
8 ގަޑިއިރު ކުރިން


